ބޮޑު ބޯވައެއްގެ ކައިރީ ފަތާލަން ކެރޭނެތަ؟

ބޮޑު ބޯވައެއްގެ ކައިރީ މީހަކު އުޅޭ ވީޑިއޯއެއް އިންޓަނެޓްގައި ގިނަ ބައެއްގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

މި ވީޑިއޯގައި ފެންނަނީ އަންހެނަކު ބޮޑު ބޯވައެއްގެ ވަރަށް ކައިރީގައި އޮވެ ވީޑިއޯ ކުރަމުން ފަތާ މަންޒަރެވެ. އަދި އެ މީހާ ކައިރިވި ނަމަވެސް ބޯވަ އޮންނަނީ ވަރަށް ހަމަޖެހިގެންނެވެ. ވަރަށް ރީތި ކަނޑުއަޑީގެ މަންޒަރެއް މިވީޑިއޯއިން ފެނެއެވެ.

އިންސްޓަގްރާމްގައި ޙިއްސާކޮށްފައިވާ މިވީޑިއޯ ތިން ލައްކަ މީހުން ބަލައި، ފަނަރަ ހާސް މީހުން ލައިކް ކޮށްފައިވެއެވެ. އަދި މި ހިތްގައިމު މަންޒަރަށް ގިނަ ބަޔަކު ކޮމެންޓްކޮށްފައިވެއެވެ.

ކަނޑުއަޑީގެ ދިރުންތަކާއި، މަންޒަރުތަކަކީ ގިނަ ބަޔަކު ވަރަށް ޝައުޤުވެރިވާ މަންޒަރުތަކެކެވެ. މިފަދަ މަންޒަރުތައް ރިކޯޑް ކުރުމުގެ ތެރޭގައި ބައެއް ފަހަރު ނުރައްކާތެރި ހާދިސާތައްވެސް ހިނގާފައިވެއެވެ.

މި ވީޑިއޯ އިންސްޓްގްރާމްގައި ޙިއްސާކޮށްފައިވާ އެ މީހާއަކީ ޑައިވްކުރުމުގެ ސެޓްފިކެޓް އޮންނަ ފަރާތެއް ކަން އޭނާ ހާމަކޮށްފައިވެއެވެ.

View this post on Instagram

A post shared by MILA

comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު