ހިޔާ ފުލެޓުގައި ހުންނަ ވިލާ މާޓުން 24 ގަޑިއިރު ޚިދުމަތްދޭން ފަށައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިލާ މާޓު-- ފޮޓޯ/ ވިލާ

ވިލާ މާޓު ސުޕަ ޗެއިންގެ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓުގެ 14 ވަނަ ޓަވަރުގެ ފިހާރައިން ކޮންމެ ދުވަހަކު ވެސް 24 ގަޑިއިރު ޚިދުމަތްދޭން ފަށައިފިއެވެ.

ވިލާ މާޓުން ބުނީ ހިޔާ ފުލެޓު ހިމެނޭ ސަރަހައްދެއްގައި މި ޗެއިންގެ މާޓެއް ހުޅުވީ އެއީ މާލެއަށް ފަހު އެންމެ އާބާދީ ބޮޑު އަދި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ ތަނަށް އެ ތަން ވާތީ ކަމަށެވެ.

އަދި، ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ފަސޭހަކަމާ އެކު އެ ސަރަހައްދުން ތަކެތި ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް ވިހާ ވެސް ކައިރިން ޚިދުމަތް ދިނުމަކީ ވެސް އެ ފިހާރަ ހުޅުވުމުގެ މަގްސަދެއް ކަމުގައި ވިލާ މާޓުން ފާހަގަ ކުރިއެވެ.

މި ފިހާރައިގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރީ މިދިޔަ އަންގާރަ ދުވަހު ކަމަށް ވިލާ މާޓުން ވަނީ ބުނެފައެވެ.

ވިލާ މާޓުގެ ފިހާރައެއް-- ފޮޓޯ/ ވިލާ

"ވިލާމާޓް 4" އަކުން ކާބޯތަކެއްޗާއި ތައްޔާރީ ކާނާގެ އިތުރުން ރީތިވާ ސާމާނާއި ގޭ ތެރޭގައި އާންމުކޮށް ބޭނުންކުރާ ގިނަ ސާމާނު ލިބޭނެ ކަމަށް އެ ފިހާރައިން ބުނެއެވެ. އަދި، އެހެން ފިހާރަތަކެކޭ އެއް ފަދައިން މި ފިހާރައިން ވެސް ކޮލިޓީ އުފެއްދުންތައް ހެޔޮ އަގުގައި ލިބޭނެ ކަމުގެ ޔަގީން ކަން ވެސް ވިލާ މާޓުން ދެއެވެ.

އިތުރަށް ވިލާ މާޓުން ބުނީ، އެ ފިހާރައިން ލިބޭ ހުރިހާ ސާމާނެއް އެ ފިހާރައިގެ ވެބްސައިޓުން އަދި އެޕުން ވެސް އޯޑަރު ކުރެވޭނެ ކަމަށެވެ. އޯޑަރު ކުރުމުން މާލެ އާއި ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވައްސަށް ޑެލިވަރީ ކޮށްދޭނެ ކަމަށް ވެސް އެ ކުނފުނިން ބުނެފައިވެއެވެ. އަދި އަތޮޅުތަކަށް ދަތުރުކުރާ ބޯޓުތަކަށް ވެސް ޑެލިވަރީ ކޮށްދޭނެއެވެ.

މި ޚިދުމަތުގެ އިތުރުން ވިލާ މާޓު ހަތަރެއްގައި އެކްސްޕްރެސް ކިއުއެއް ހެދުމަށް ހަމަޖެހިފައިވާއިރު މަދުން އެއްޗެހި ގަންނަ ކަސްޓަމަރުންނަށް އެކްސްޕްރެސް ކިއުއިން އަވަސް ހިދުމަތް ލިބޭނެ ކަމަށް ވިލާ މާޓުން ވަނީ ބުނެފައެވެ.

comment ކޮމެންޓް