ޔުނިސެފުން މީސަލްސް އަދި ރުބެއްލާގެ ވެކްސިން ހަދިޔާކޮށްފި

ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ވެކްސިންތައް ހަވާލުކުރަނީ --- ފޮޓޯ ހެލްތު މިނިސްޓްރީ

ޔުނިސެފުން މީސަލްސް އަދި ރުބެއްލާއިން ރައްކާތެރިކޮށްދޭ ވެކްސިންގެ 13،600 ޑޯޒް މިއަދު ރާއްޖެއަށް ހަދިޔާ ކޮށްފިއެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވެކްސިންތައް ހަވާލުކޮށްދެއްވީ ރާއްޖޭގެ ޔުނިސެފް ރިޕްރެސެންޓޭޓިވް ޑރ. އެޑްވާޑް އެޑައިއެވެ. އަދި، ހެލްތު މިނިސްޓްރީގެ ފަރާތުން ވެކްސިނާ ހަވާލުވެލެއްވީ ހެލްތު މިނިސްޓަރު އަޙުމަދު ނަސީމެވެ.

ޔުނިސެފުން ވަނީ މީސަލްސް އަދި ރުބެއްލާއިން ރައްކާތެރިކޮށްދޭ ވެކްސިންގެ 13،600 ޑޯޒް ހަދިޔާ ކޮށްފައެވެ.

މިއީ ބަލިތަކުން ރައްކާތެރިކޮށް ދިފާއީ ނިޒާމު ވަރުގަދަ ކަމާއެކީ ދެމެހެއްޓުމަށް އެހީތެރިވެދޭނެ ވެކްސިނެއް ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ މުވައްޒަފުން ވެސް ބައިވެރިވެޑައިގެންނެވިއެވެ.

ރާއްޖޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިތައް ފެތުރުން ހުއްޓުވުމަށްޓަކައި ހެލްތު މިނިސްޓްރީން ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގައިން ގަޔަށް އަރާ ބަލިތަކުގެ ތެރެއިން ރާއްޖޭގައި ޖުޒާމު ބަލި ފެތުރުން އެއްކޮށް ވަނީ ހުއްޓުވިފައެވެ.

comment ކޮމެންޓް