ޓްރީ ޓޮޕް ހޮސްޕިޓަލުން ލާމު އަތޮޅުގައި ބޭއްވި މަލްޓި-ސްޕެޝަލްޓީ ހެލްތު ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުން ލާމު އަތޮޅުގައި ކުރިއަށް ގެންދިއަ މަލްޓި-ސްޕެޝަލްޓީ ހެލްތު ކޭމްޕުގެ ތެރެއިން... ފޮޓޯ/ ޓްރީ ޓޮޕް

ޓްރީ ޓޮޕް ހޮސްޕިޓަލުން މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަލްޓި-ސްޕެޝަލްޓީ ހެލްތު ކޭމްޕްތަކުގެ ތެރެއިން ދެވަނަ ކޭމްޕް ލާމު އަތޮޅު ގަމުގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ލާމުގައި ކުރިއަށް ގެންދިއަ މަލްޓި-ސްޕެޝަލްޓީ ހެލްތު ކޭމްޕްތަކުގެ ތެރެއިން... ފޮޓޯ/ ޓްރީ ޓޮޕް

މި ކޭމްޕަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ސްޕެޝަލިސްޓް ސިއްޚީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ޖޫން 19 އިން 20 އަށް ކުރިއަށްދިޔަ މި ހެލްތު ކޭމްޕަކީ ގަމު ރީޖަނަލް ހޮސްޕިޓަލާއި، ހައްދުންމަތީ ގަމު ކައުންސިލް އަދި ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ކުރިއަށް ގެންދިޔަ ކޭމްޕެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ލާމުގައި ކުރިއަށް ގެންދިއަ މަލްޓި-ސްޕެޝަލްޓީ ހެލްތު ކޭމްޕްތަކުގެ ތެރެއިން... ފޮޓޯ/ ޓްރީ ޓޮޕް

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ޕްރޮގްރާމުގައި ޖުމްލަ 492 ސްޕެޝަލިސްޓް ކޮންސަލްޓޭޝަން ފޯރުކޮށްދީފައިވެއެވެ. މީގެ ސަބަބުން މާލެއަށް ދަތުރުކުރުމަކާ ނުލައި ރަށުގައި ތިބެގެން މާހިރުންގެ ސިއްހީ ލަފާ ހޯދުމުގެ ފުރުސަތު އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދިޔައެވެ.

މި ކޭމްޕުގައި ހިތުގެ ބަލިތައް، އެންޑަކްރިނޮލޮޖީ، ކަންފަތް، ނޭފަތް، ކަރު، އާންމު ސާޖަރީ، ކަށީގެ ބަލިތައް، ފުއްޕާމޭގެ ބަލިތައް އަދި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ލާމުގައި ކުރިއަށް ގެންދިއަ މަލްޓި-ސްޕެޝަލްޓީ ހެލްތު ކޭމްޕްތަކުގެ ތެރެއިން... ފޮޓޯ/ ޓްރީ ޓޮޕް

ކޮންސަލްޓޭޝަންތަކުގެ އިތުރުން ހެލްތު ސްކްރީނިންގް އާއި ސިއްޚީ ހޭލުންތެރިކަން އިތުރުކުރުމުގެ ޚިދުމަތްތައް ވެސް ވަނީ ފޯރުކޮށްދީފައެވެ.

ބަލިމީހުން ބެލުމުގެ އިތުރުން، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ ގޮތުން ގަމުގެ ދަރިވަރުންނަށް ހާއްސަ ސެސަނެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

އަދި ގަމު ރީޖަނަލް ހޮސްޕިޓަލުގެ ނަރުހުންނަށް އަމާޒުކޮށްގެން ފަންނީ ތަރައްގީގެ ސެސަނެއް ބާއްވައި، ސިއްހީ ދާއިރާގެ މައުލޫމާތާއި ތަޖުރިބާ ހިއްސާކޮށްފައިވެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ލާމުގައި ކުރިއަށް ގެންދިއަ މަލްޓި-ސްޕެޝަލްޓީ ހެލްތު ކޭމްޕްގެ ބައިވެރިން... ފޮޓޯ/ ޓްރީ ޓޮޕް

މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުން އިންތިޒާމުކޮށްގެން ބޭއްވި 18 ވަނަ އައުޓްރީޗް މަލްޓި-ސްޕެޝަލްޓީ ހެލްތު ކޭމްޕެވެ.

މީގެ ކުރިން މ، ދ، ތ، ގއ، ގދ، ހއ، ލ އަދި ށ, އަތޮޅުގައި ވެސް މިފަދަ ކޭމްޕްތައް ވަނީ ބާއްވާފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ހިދުމަތްތައް ފުޅާކޮށް، މުޖުތަމައުތައް ބާރުވެރިކުރުވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ލާމު އަތޮޅު ގަމުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މަލްޓި-ސްޕެޝަލްޓީ ހެލްތު ކޭމްޕް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. ގަމު ރީޖަނަލް ހޮސްޕިޓަލާއި ކަމާގުޅޭ އިދާރާތަކާ ގުޅިގެން ހިންގި މި ހަރަކާތަކީ މާލެއަށް ދަތުރުކުރުމުގެ ބަދަލުގައި ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ހޯދުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިކޮށްދިނުމަށް ހިންގި ޕްރޮގްރާމެކެވެ. މިއީ އެ ހޮސްޕިޓަލުން އިންތިޒާމުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވި 18 ވަނަ އައުޓްރީޗް ކޭމްޕެވެ.

  • މި ކޭމްޕުގެ ތެރެއިން ކުރިއަށްގެންދިޔަ މައިގަނޑު ހަރަކާތްތައް:
  • ޖުމުލަ 492 މީހަކަށް އެކި ބަލިތަކުގެ ސްޕެޝަލިސްޓުންގެ ކޮންސަލްޓޭޝަން ފޯރުކޮށްދިނުން.
  • ހިތުގެ ބަލިތަކާއި، ކަށީގެ ބަލިތަކާއި، ފުއްޕާމޭގެ ބަލިތައް ފަދަ ހާއްސަ ދާއިރާތަކުން ފަރުވާ ދިނުން.
  • ބަލިމީހުންނަށް ފަރުވާދިނުމުގެ އިތުރުން ސްކޫލު ދަރިވަރުންނަށް ދުޅަހެޔޮ ދިރިއުޅުމާ ގުޅޭ މައުލޫމާތު ދިނުން.
  • ގަމު ރީޖަނަލް ހޮސްޕިޓަލުގެ ނަރުހުންނަށް ފަންނީ ތަރައްގީގެ ހާއްސަ ސެޝަނެއް ކުރިއަށްގެންދިއުން.
  • ސަރަހައްދީ ފެންވަރުގައި ސިއްހީ ހިދުމަތްތައް ފުޅާކުރުމަށް އިސްކަންދިނުން.
  • މުޖުތަމައުގެ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން ހަރަކާތްތައް ރޭވުން.
  • ސިއްހީ ދާއިރާގެ ފަންނީ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ތަމްރީނު ދިނުން.
comment ކޮމެންޓް