ގައުމަށް ހަމަޖެހުން ބޭނުންވޭ، ކުރިއަރުވަން އެންމެން އެކަތިގަނޑަކަށް ވާން ޖެހޭ: އިންތިޚާބީ ރައީސް

ޑރ. މުއިއްޒު ބްލޫމްބާގަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ/ ބްލޫމްބާގް، ޖަސްޓިސް ސޮލޮމަން

ގައުމަށް ހަމަޖެހުން ބޭނުންވާ ކަމަށާއި، މި ގައުމު ކުރިއަރުވަން އެންމެން އެކަތި ގަނޑަކަށް ވާން ޖެހޭ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މުޢިއްޒު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހާ ގުޅިގެން، މިއަދު އެމަނިކުފާނު ދެއްވި ޚާއްސަ މެސެޖެއްގައެވެ.

މި މެސެޖުގައި އިތުރަށް އިންތިޚާބީ ރައީސް ވިދާޅުވީ ޖުމްހޫރި ވެރިކަމެއްގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބޭނީ ރައްޔިތުންނާއި، އެ އިރެއްގައި އޮންނަ ސަރުކާރަކާ ގުޅި، ގައުމު އިސްކޮށްގެން މަސައްކަތް ކުރުމުން ކަމަށެވެ.

މީގެ އިތުރަށް އެމަނިކުފާނު ވަނީ ޖުމްހޫރީ ނިޒާމު މި ހާހިސާބަށް ގެނެސް ދެއްވަން މަސައްކަތް ކޮށްދެއްވި ހުރިހާ ރައީސުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

އަދި ރައީސުންގެ އިތުރުން، ކެބިނެޓު ތަކުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި، ވިޔަފާރިވެރިންނަށާއި، ސިޔާސީ ޕާޓީ ތަކުގެ ވެރިންނަށާއި، ގައުމު މިހިސާބަށް ގެނެސްދެއްވާ، ޖުމްހޫރީ ވެރިކަމެއް މި ހާ ހިސާބަށް ގެނެސްދެއްވި ހުރިހާ ފަރާތްތަކަށް އެ މަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާ ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވައިފައެވެ.

comment ކޮމެންޓް