އައިޔޫއެމްގެ ކޯސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

އިސްލާމިކް ޔުނިވާސިޓީ --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓާގައި ފަށާ ޖުމްލަ 57 ކޯހަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާފިއެވެ.

މި ކޯސްތައް މާލޭގެ އިތުރުން ފުވައްމުލަކު ސިޓީއާއ،ި ލ. ފޮނަދޫއާއ،ި ހދ. ހަނިމާދޫ، ޅ. ނައިފަރުގެ އިތުރުން އައްޑޫ ސިޓީ މީދޫގައި ޤާއިމު ކޮށްފައިވާ އައިޔޫއެމްގެ ލާނިން ސެންޓަރުގައި ކުރިއަށްދާނެ ކަމަށް އެ ޔުނިވާސީޓީން ބުނެއެވެ.

ފުރުސަތު ހުޅުވާލާފައިވާ ކޯސްތަކުގެ ތެރޭގައި މާސްޓާސް ލެވެލްގެ 13 ކޯހަކާއ،ި ޕޯސްޓްގްރެޖުއޭޓް އެއް ކޯހަކާއ،ި ބެޗްލާސް ލެވެލްގެ 13 ކޯހަކާއ،ި އެސޯސިއޭޓް ޑިގްރީ / އެޑްވާންސްޑް ޑިޕްލޮމާގެ ދެ ކޯހެއް އަދި ޑިޕްލޮމާގެ 10 ކޯހަކާއެކު ސެޓްފިކެޓް ލެވެލްގެ ޖުމްލަ 17 ކޯހެއް ހިމެނެއެވެ.

ކޯހުގެ ދާއިރާތަކުގެ ތެރޭގައި، އެޑިޔުކޭޝަން އާއި ޝަރީޢާ އެންޑް ލ،ޯ ފައިނޭންސް، އެކައުންޓިން، ފިޤްހް، ލީޑާޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، ޖާނަލިޒަމް، އިސްލާމިކް ސްޓަޑީޒް، ޤުރުއާން އަދި ލެންގްއޭޖްގެ ކޯސްތައް ހިމެނެއެވެ.

އައިޔޫއެމްގެ ލާނިން ސެންޓަރު ތަކުގައި ކުރިއަށްގެންދާ ޑިގްރީ ފެންވަރުގެ ހުރިހާ ކޯސްތަކެއްގައި ހިލޭ ތައުލީމް ހާސިލް ކުރެވޭނެއެވެ.

މި ކޯސްތަކުގައި ބައިވެރިވާން ބޭނުންވާނަމަ، ފޯމު ފުރިހަމަ ކުރުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތ،ި މި މަހުގެ 31 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެ ޔުނިވާސިޓީގެ ރިސެޕްޝަނަށް ހުށަހެޅުއްވުމަށް އެދެއެވެ. ރަށްރަށުގައި ނަމަ އެ ރަށެއްގައި ހުންނަ އައިޔޫއެމްގެ ސެންޓަރަށް ހުށަހަޅަން އެދެއެވެ.

comment ކޮމެންޓް