ޕެރަސެޓްމޯލްގެ ވައްތަރެއް ބޭނުންކުރުން މަނާކޮށްފި

ކޮލެޓީ މައްސަލަތަކެއް ފާހަނގަކުރެވުނު ބޭސް---

ކޮލެޓީ މައްސަލަތަކެއް ފާހަގަކުރެވިގެން ޕެރަސެޓަމޯލްގެ ދިޔާ ބޭހެއް ބޭނުން ކުރުން ހުއްޓާލުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން މިއަދު އަންގައިފިއެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ވަނީ، މި ބޭހުގައި ކޮލެޓީ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން އެ ބޭހުގެ ކުލަޔަށް ބަދަލު އައިސް، ގަނޑުވެފައި ހުންނަކަން އެ އޮތޯރިޓީން ފާހަގަ ކުރިއެވެ.

އެ އޮތޯރިޓީން ބުނިގޮތުގައި، މިކަމުގައި ބަލަންޖެހޭ ކަންކަން މިހާރުދަނީ އިތުރަށް ބަލަމުންނެވެ. މި މައްސަލަޔަށް އިތުރު ހައްލެއް ލިބެންދެން މި ޕްރޮޑަކްޑް އެތެރެ ކުރުމާއި ވިއްކުމާއި އަދި ބޭނުންކުރުން ވަނީ މަނާކޮށްފައިކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މިދިޔަ މަހުގައިވެސް ވަނީ ނުރައްކާތެރި ކެމިކަލް މާއްދާއެއް ކަމަށްވާ "ޑައިއީތައިލިން ގްލައިކޯލް" އަދި "އިތައިލީން ގްލައިކޯލް" ހިމެނޭ ދިޔާ ބޭހުގެ ބެޗެއް ރާއްޖެއިން ފެނި ބޭސް އެތެރެ ކުރުމާއި ވިއްކުމާއި އަދި ބޭނުންކުރުން މަނާކޮށްފައެެވެ.

comment ކޮމެންޓް