އުރީދޫއިން އައިފޯން 15 ޕްރޯ މެކްސްއެއް ލިބޭ ޕްރޮމޯޝަނެއް

އުރީދޫ އޮފީސް އިމާރާތް -- ފޮޓޯ/ އުރީދޫ

އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް އައިފޯން 15އަކާއި އިތުރު ހަދިޔާތަކެއް ލިބޭ ޕްރޮމޯޝަނެއް އިއްޔެ ފަށައިފިއެވެ.

އުރީދޫއިން ބުނީ، އެ ކުންފުނީގެ އެޕް މެދުވެރިކޮށް ރިޗާޖްކޮށްގެން ކޮންމެ ހަފުތާއަކު ނަސީބުވެރި ކޮންމެވެސް އެއް ކަސްޓަމަރަކަށް ޚާއްޞަ ހަދިޔާއެއް ލިބޭނެ ކަމަށެވެ. އަދި މި ޕްރޮމޯޝަންގެ 'ގްރޭންޑް ޕްރައިޒް'އަކަށް ކަނޑައަޅާފައިވަނީ އައިފޯން 15 ޕްރޯމެކްސް އެއް ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫއިން ބުނީ ކޮންމެ ހަފުތާއެއްގެ ނަސީބުވެރި ކަސްޓަމަރަށް ލިބޭ އިނާމުގެ ތެރޭގައި، މޫލީ މެދުވެރިކޮށް ވޮޗް ސީރީޒް 8، ވާވޭ ވޮޗް ބަޑްސް، ގާމިން ވެނޫ އެސްކިއު - މިއުޒިކް، އެޕަލް އެއާޕޮޑްސް ޕްރޯ ޖެން 2، ސެމްސަންގް ގެލެކްސީ ވޮޗް 5، ސެމްސަންގް ގެލެކްސީ ބަޑްސް ޕްރޯ 2، އެޕަލް މެގް ސޭފް ޑުއޯ ޗާޖަރު ނުވަތަ އިންސްޓެކްސް މިނީ 40 ހިމެނޭ ކަމަށެވެ.

އައިފޯން 15 ޕްރޯ މެކްސްއެއް ލިބޭ ޕްރޮމޯޝަނެއް އުރީދޫން އިއްޔެ ފަށައިފި--- ފޮޓޯ/ އުރީދޫ

މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 31ގެ ނިޔަލަށެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި އުރީދޫ އެޕުން 20 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރިޗާޖް ކުރުމުން މި ޕްރޮމޯޝަންގައި ބައިވެރި ވެވޭނެއެވެ.

އުރީދޫއިން ބުނީ އެމް ފައިސާ މެދުވެރިކޮށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

comment ކޮމެންޓް