އެމްއެމްއޭގެ ''ފަވަރަ'' ސިސްޓަމާ އިތުރު ދެ ބޭންކަކުން ގުޅިއްޖެ

އިތުރު ދެ ބައިވެރިން 'ޕާޓިސިޕޭޝަން އެގްރީމަންޓް' ގައި ސޮއިކުރުމުގެ ތެރެއިން-- ފޮޓޯ/ އެމްއެމްއޭ

ރާއްޖޭގައި ފަސޭހަ އަދި އިތުބާރު ކުރެވޭ ޕޭމަންޓް ޚިދުމަތެއް ދިނުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ކުރިޔަށް ގެންދާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް) ނުވަތަ "ފަވަރަ" ގައި އިތުރު ދެ ބޭންކަކުން ބައިވެެރިވެއްޖެއެވެ.

އަލަށް ފަވަރަ ސިސްޓަމާ ގުޅުނީ ބޭންކް އޮފް ސިލޯނާއި މޮރިޝަސް ކޮމާޝަލް ބޭންކެވެ.

އިތުރު ދެ ބައިވެރިން 'ޕާޓިސިޕޭޝަން އެގްރީމަންޓް' ގައި ސޮއިކުރުމުގެ ތެރެއިން-- ފޮޓޯ/ އެމްއެމްއޭ

އެމްއެމްއޭއިން ބުނީ އަލަށް ސޮއިކުރި ބޭންކުތަކާއެކު ޔޫސާ އެކްސެޕްޓަންސް ޓެސްޓިންގެ މަސައްކަތް މިހާރު ނިންމާފައިވާއިރު، މި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ޕައިލަޓް ޓެސްޓިންގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި އައިޕީއެސްގެ ޕައިލަޓް ޓެސްޓިން ނިންމާ، އެ ބޭންކުތަކުން "ފަވަރަ" އާ ގުޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންކަމަށް އެމްއެމްއޭއިން ބުނެއެވެ.

ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ތައާރަފުކުރި، "ފަވަރަ" ޕޯޓަލްއިން އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ފޮނުވޭނެއެވެ. އަދި އައިޑީގެ ޚިދުމަތް މެދުވެރިކޮށް، ފޯނު ނަންބަރު ނުވަތަ އީމެއިލް އެޑްރެސް ޖަހައިގެން އެކައުންޓު ނަންބަރު ހިއްސާ ނުކޮށް ފައިސާގެ މުއާމަލާތް ކުރެވޭނޭއެވެ.

comment ކޮމެންޓް