ކުޅުދުއްފުށިން ގެއްލުނު މީހާ އަދިވެސް ނުފެނޭ

ކުޅުދުއްފުށި ސިޓީން ގެއްލިގެން ހޯދާ ލަންދޫގެ އަބްދުﷲ އިބްރާހީމް ---

ކުޅުދުއްފުށި ސިޓީން ގެއްލިގެން ހޯދާ ލަންދޫގެ އަބްދުﷲ އިބްރާހީމް އަދިވެސް ނުފެންނަ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެެވެ.

އޭނާގެ އާއިލާއާ ހަވާލާދީ ފުލުހުން ބުނީ، 39 އަހަރުގެ އެ މީހާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ކަމަށެވެ. އޭނާ ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ އިއްޔެއެވެ.

އެހެންކަމުން އަބްދުﷲ އިބްރާހީމްގެ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ 3322111އަށް ނުވަތަ 9791382އަށް ގުޅާ އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

މީހުން ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރާ މިންވަރު މިފަހަކަށް އައިސް ވަނީ އިތުރު ވެފައެވެ. ނަމަވެސް ފުލުހުން އެމީހަކު ހޯދަން އިއުލާނު ކުރާތާ ކުޑަ އިރުކޮޅެއް ތެރޭ ގިނަ މީހުން އަމިއްލައަށް އާއިލާއާ ހަވާލުވެއެވެ.

comment ކޮމެންޓް