ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ބަޔަކުން ކަރަންޓް ކެނޑިއްޖެ

ހުޅުމާލޭ ފްލެޓްތަކެއް-- ސަން ފައިލް ފޮޓޯ

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިފައިވާ ކަމަށް، ސްޓެލްކޯއިން މިއަދު ބުނެފިއެވެ.

ކަރަންޓް ކެނޑިފައިވަނީ ފެލެޓް ނަމްބަރު 139،140،144،145 ހިމެނޭ ސަރަހައްދުންނެވެ.

ސްޓެލްކޯއިން ބުނީ، ކަރަންޓް ކެނޑެން ދިމާވީ، ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.

އެ މައްސަލަ ދެނެގަނެ ހައްލު ކުރުމުގެ މަސައްކަތްތައްް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކަރަންޓް ކެނޑުމަކީ ހުޅުމާލެއަށް ވެސް ދޭތެރެއަކުން ދިމާވާ މައްސަލައެކެވެ. އާންމު ގޮތެއްގައި ކަރަންޓު ކެނޑެނީ މަސައްކަތްތައް ކުރުމުގެ ތެރެއިން ކޭބަލަށް ދިމާވާ އެކި މައްސަލަ ތަކުންނެވެ.

ކަރަންޓް ދިޔުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދެފައެވެ.

comment ކޮމެންޓް