އެމްއޭސީއެލުން އެއާޕޯޓުގައި ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ކުރިއަށް ގެންގޮސްފި

އެމްއޭސީއެލުން ބޭއްވި ލޭހަދިޔާ ކުރުމުގެ ކޭމްޕުގެ ތެރެއިން--

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއި މޯލްޑިވްސް ބްލަޑް ސާވިސްއިން ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފިއެވެ.

އެމްއޭސީއެލުން ބުނީ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން، އެ ކުންފުނީގެ ކޮމިޓްމަންޓާ އެއްގޮތަށް މި ކޭމްޕްގެ މަގުސަދަކީ، ތެލަސީމިއާ ބަލި މީހުންނަށް ލޭ ހަދިޔާކުރުން ކަމަށެވެ. އަދި, މީގެ އިތުރުން މި ކަމާ ގުޅޭގޮތުން އެމްއޭސީއެލްގެ މުވައްޒަފުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަކީ ވެސް މި ކޭމްޕުގެ މަގުސަދެއްކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

އެމްއޭސީއެލުން ބޭއްވި ލޭހަދިޔާ ކުރުމުގެ ކޭމްޕުގެ ތެރެއިން--

މި ހަރަކާތުގައި ވަރަށް ފޯރިއާ އެކު، އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވާކަން ވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ގައުމީ އެއާޕޯޓުގައި ބޭއްވި މި ކޭމްޕް ޝަރަފުވެރިކޮށްދެއްވީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާއެވެ.

މި ހަރަކާތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭނާ ވަނީ، ލޭ ހަދިޔާކުރުމުގެ މުހިންމުކަމަށް ފާހަގަކުރައްވައި، ތެލަސީމިއާ ކުދިންނަށް އެހީތެރިވެދިނުމާއި، ލޭ ހަދިޔާ ކުރާ ފަރާތްތަކަށް ލިބޭ ފައިދާތަކަށް ވެސް އަލިއަޅުވައިލައްވައިފައެވެ.

އެމްއޭސީއެލުން ބޭއްވި ލޭހަދިޔާ ކުރުމުގެ ކޭމްޕުގެ ތެރެއިން--

މީގެ އިތުރުން، ލޭ ހަދިޔާ ކުރުމުގެ މި މަތިވެރި މަސައްކަތުގެ މުހިންމުކަން ދެނެގަނެ، ތެލެސީމިއާ ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އޭނާ ވަނީ ބާރު އަޅުއްވައިފައެވެ.

އެމްއޭސީއެލުން ބުނީ އެ ކުންފުނިން ކުރިއަށް ގެންދިޔަ ލޭ ހަދިޔާ ކުރުމުގެ ކޭމްޕަކީ މުޖުތަމަޢުގެ ހެވާއި ލާބައަށްޓަކައި އެ ކުންފުނިން ކުރަމުން ގެންދާ މަސައްކަތުގެ ބައެއް ކަމަށެވެ.

އަދި, ހާލުގައި ޖެހިފައިވާ މީހުންނަށް އެ މީހުންނަށް ބޭނުންވާ އެފަދަ އެހީ ފޮރުކޮށްދިނުމަށް މުޖުތަމައުގައި އެ ކުންފުނިން އަދާ ކުރަމުން އަންނަ ކޮންޓްރިބިއުޓިން ރޯލު މި ކޭމްޕުގެ ސަބަބުން ހަރުދަނާ ކުރެވިގެން ދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް