އާރްޑީސީގެ އެމްޑީއަށް ހަމަލާދިން ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަނީ

އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު،މުސާ އަލީ މަނިކު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު، މުސާ އަލީ މަނިކަށް ހަމަލާދީ، މާރާމާރީ ހިންގާ، މަރުގެ އިންޒާރު ދިން ކަމަށް ބުނާ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހަށް ހުށަހަޅައިފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

މިކަމާ ގުޅޭގޮތުން މޫސާ އަލީ މަނިކު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި އޭނާގެ ދަރިފުޅާއެކު ސައިކަލުގައި ދަނިކޮށް މީހަކު އޭނާއާ ދިމާއަށް އަވަގުރާނަ ގޮވާފައިވާ ކަމަށެވެ.

އަދި އޭގެ އިތުރުން އޭނާގެ ގަޔަށް އަތްލައި، މާރާމާރީ ހިންގާ، އޭނާގެ ދަރިފުޅާއި އޭނާވެސް މަރާލާނެ ކަމަށް ބުނެ އިންޒާރުދީފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި އެ މައްސަލަ އޭރު ފުލުހަށް ހުށަހަޅައިފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

comment ކޮމެންޓް