ސަން ސިޔާމް ވިލުރީފުން އިންތިޒާމުކޮށްގެން ބޭއްވި ހަރަކާތެއްގައި، ފ. މަގޫދޫގައި 130 ގަސް އިންދައިފިއެވެ.
'ސަން' އަށް މައުލޫމާތު ދެއްވަމުން، ވިލުރީފް ފެމިލީ ކުލަބުގެ ޗެއާޕާސަން މުހައްމަދު ހަމީދު ވިދާޅުވީ، މި ހަރަކާތަކީ ސަން ސިޔާމް ކެއާގެ ސަސްޓެއިނަބިލިޓީ އިވެންޓްސް އަދި ވިލުރީފް ރިސޯޓުގެ 25 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގި ހަރަކާތެއް ކަމަށެވެ.

ސަންސިޔާމް ވިލުރީފުން ފ.މަގޫދޫގައި ގަސް އިންދުމަށް ބޭއްވި ހަރަކާތުގެ ތެރެއިން--
އިއްޔެގެ 10:45 ގައި ފެށި މި ހަރަކާތް ނިންމާލީ އިއްޔެ މެންދުރު 12:30 ގައެވެ.
މި ހަރަކާތުގައި މަގޫދޫ އެއާޕޯޓު ކައިރި 130 ގަސް އިންދާފައިވާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ މި ހަރަކާތުގައި އެރަށުގެ ކައުންސިލް މެންބަރުންނާއި، ރަށު ސްކޫލުގެ އެންވަޔަރަންމަންޓް ކުލަބުގެ އިތުރުން ރަށުގެ ހުރިހާ މުއައްސަސާތަކުންވެސް ބައިވެރިވެފައިވާ ކަން އުފަަލާއެކު ފާހަގަކުރާ ކަމަށެވެ.

ސަންސިޔާމް ވިލުރީފުން ފ.މަގޫދޫގައި ގަސް އިންދުމަށް ބޭއްވި ހަރަކާތުގެ ތެރެއިން--
އަދި މި ހަރަކާތުގައި ވިލުރީފުގެ މެނޭޖުމެންޓާއި، އެ ރިސޯޓުގެ 30 މުވައްޒަފުން ބައިވެރިވެފައިވާ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.
މީގެ ކުރިންވެސް ސަން ސިޔަމް ވިލުރީފުން ވަނީ، އާންމުންނަށާއި, ތިމާވެށީގެ އިތުރުން މުޅި މުޖުތަމައުއަށް ވެސް ފައިދާވާނޭފަދަ އެތައް ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.