ދެކުނު އޭޝިއާގެ ''އިސްލާމިކް ބޭންކް އޮފް ދި އިޔާ'' އެވޯޑް އެމްއައިބީއަށް

އިސްލާމިކް ބޭންކް އޮފް ދި އިޔާ 2022-2023 މޯލްޑިވްސް އިސްލާމިކް ބޭންކަށް --

އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތު އޭޝިއާ (އިފްސާ)އިން ދޭ، ދެކުނު އޭޝިއާގެ އިސްލާމިކް ބޭންކް އޮފް ދި އިޔާ އެވޯޑް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ހާސިލުކޮށްފިއެވެ.

އެ އެވޯޑު ހަފުލާ ބޭއްވީ މިދިޔަ ބުރާސްފަތި ދުވަހު ސްރީ ލަންކާގައެވެ. މި އެވޯޑު ހަފުލާގައި ތިން ކެޓަގަރީއަކުން 25 އެވޯޑު ދީފައިވެއެވެ.

މި އެވޯޑަކީ ސައުތު އޭޝިއާ ސަރަހައްދުގެ ހުރިހާ އިސްލާމިކް ފައިނޭންސް މުއައްސަސާތަކާއި މި ދާއިރާގައި އަމިއްލަ ގޮތުން މަސައްކަތް ކުރާ މީހުންނަށާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ޚާއްސަކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެވޯޑު ހަފުލާއެކެވެ.

އެމްއައިބީން މީގެ ކުރިން ވެސް އިފްސާގެ އެވޯޑްތައް ހާސިލުކޮށްފައިވެއެވެ.

ދެހާސް އެގާރަ ވަނަ އަހަރު އުފެއްދި އެމްއައިބީ އަކީ ރާއްޖޭގައި ހިންގާ ހަމައެކަނި އިސްލާމިކް ބޭންކެވެ. އެ ބޭންކުން ދަނީ ރާއްޖޭގެ އެކިކަންކޮޅުތަކަށް ޚިދުމަތް ފުޅާ ކުރަމުންނެވެ.

comment ކޮމެންޓް