ތާރާ އާއި ކާތިކްގެ ގުޅުމުގެ ސިއްރު ފިލްމު 'އާޝިގީ3' އާއި ގުޅިފައި

ތާރާ ސުޓާރިއާ އަދި ކާތިކް އާރްޔަން

ދާދި ފަހުން ބޮލީވުޑްގެ ފިލްމީ ތަރިން ކަމަށްވާ ކާތިކް އާރިޔަން އާއި ތާރާ ސުޓާރިއާ އެކީގައި ރެސްޓޯރެންޓަކުން ނިކުންނަ މަންޒަރާ އެކު ރިޕޯޓަރުންގެ ކެމެރާ ލެންސް ތަކުގެ އަމާޒަކަށް ވީ މި ދެ ތަރިންނެވެ.

ދެ ތަރިންނަކީ ވެސް 'ސިންގަލް' ބޯޑު އަޅުވައިގެން ތިބި ތަރިންނަށް ވުމުން ގިނަ ބަޔަކު ނިންމީ މިއީ ކާތިކް ސޮއިކޮށްފައިވާ ފިލްމު "އާޝިޤީ3" ގެ ބަތަލާގެ ރޯލަށް ތާރާ ގެނައުމުގެ މަޝްވަރާގެ ބައެއް ކަމަށެވެ.

ޑައިރެކްޓަރު އަނޫރާގު ބާސޫގެ ފިލްމު "އާޝިޤީ3" އިން ރީތި ބަތަލާ ތާރާ ފެންނާނެ ކަމަށް ނިންމައިގެން ތިއްބާ އަނޫރާގު ވަނީ މި ޚަބަރު ދޮގު ކޮށްފައެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ހިންދުސްތާން ޓައިމްސް މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ފިލްމު "ބަރުފީ"ގެ ޑައިރެކްޓަރު ބުނީ "އާޝިޤީ3" ގެ ބަތަލާގެ ރޯލަށް އެއްވެސް ފިލްމީ ތަރިއަކު އަދި ހަމަޖެހިފައި ނުވާ ކަމަށެވެ.

ފިލްމު "އާޝިޤީ3" އިން ފެންނާނެ ބަތަލާއިންގެ ނަންތައް މީގެ ކުރިންވެސް އެކި ޚަބަރު ތަކުން ފެނިފައިވާ ކަމަށާއި ނަމަވެސް އެއީ މުޅިން ވެސް ކުށް ހީ ތަކެއް ކަމަށް އަނޫރާގު ވަނީ ބުނެފައެވެ.

ފިލްމު "އާޝިޤީ3" އިން ކާތިކް އާއެކު ތާރާ ނުފެންނާނެ ކަން އަނޫރާގު ކަށަވަރު ކޮށްދީފައި ވާއިރު ކާތިކް އާއި ތާރާއާ ދެމެދު ލޯބީގެ ގުޅުމެއް އޮންނަ ކަމަށް ގިނަ ބަޔަކު ވަނީ މިހާރު ނިންމާފައެވެ.

ތާރާ އާއި ކާތިކް އާރްޔަން އެކީގައި ރެސްޓޯރެންޓަކުން ނިކުންނަ މަންޒަރު

ފިލްމު "އާޝިޤީ3" އިން ތާރާ ނުފެންނާނެ ކަމަށް އަނޫރާގު ބުނެފައިވާއިރު ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މީގެ ކުރިން ބުނަމުން އައީ ފިލްމަށް ބޭނުން ވަނީ ވަރަށް ޅަ ޒުވާން މޫނެއް ކަމަށެވެ.

ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔަ"ގެ ދެވަނަ ބައިން ފިލްމީ ދާއިރާއަށް ތަޢާރަފްވި ތާރާ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އެކްޓަރު އާދަރު ޖެއިން އާއެވެ. އިންޑިއާގެ ކަޕޫރު ޚާންދާނަށް ނިސްބަތްވާ އާދަރު އާ ތާރާގެ ގުޅުން ނިމުމަކަށް އައި ސަބަބެއް ދެ މީހުން ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ތާރާ އާއި ކާތިކް އާރްޔަން އެކީ މުމްބާއީގެ ރެސްޓޯރެންޓަކުން ފެނިފައި ވާއިރު ކާތިކް އާއި ޒުވާން ފިލްމީ ތަރި ޕަޝްމިނާ ރޯޝަންގެ ލޯބީގެ ގުޅުމެއް އޮތް ކަމުގެ އަޑުތަކެއް ވެސް ވަނީ އަރާފައެވެ. ޕަޝްމިނީ ރޯޝަން އަކީ އެކްޓަރު ރިތިކް ރޯޝަންގެ ބޮޑު ބޭބެގެ ކުއްޖެކެވެ.

comment ކޮމެންޓް