އެމްއެންޔޫގެ ''ފަހި ފުރުސަތު'' ޖޮބް ފެސްޓިވަލް އަންނަ މަހު ބާއްވަނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން "ފަހި ފުރުސަތު" ގެ ނަމުގައި ކުރިއަށް ގެންދާ ޖޮބް ފެސްޓިވަލް އަންނަ މަހު ބޭއްވުމަށް ނިންމައިފިއެވެ.

އެމްއެންޔޫން މައުލޫމާތު ދިން ގޮތުގައި މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އިވެންޓު ކުރިއަށް ދާނީ އެ ދެ ދުވަހުގެ ހަވީރު 04:00 ން ރޭގަނޑު 10:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ އިދާރީ މަރުކަޒުގައެވެ.

މި ފެސްޓިވަލް އަކީ އެ ޔުނިވާސިޓީން ދަސްވެނިވާ ދަރިވަރުންނަށާއި އާއްމުންނަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓެކެވެ.

އެމްއެންޔޫ އިން ބުނީ، މި ފެސްޓިވަލްގައި ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދީ މިހާތަނަށް ޒުވާނުންނަށް ފޯރުކޮށްނުދެވިހުރި އެކި ކަހަލަ ފުރުޞަތުތައް ފޯރުކޮށްދޭނެ ކަމަށެވެ. ސިނާއީ ފުރުޞަތުތަކަށް ހުނަރުވެރިން ބިނާކުރުމާއި ވަޒީފާގެ ބާޒާރަށް ބޭނުންވާ އުފެއްދުންތެރިންނަށް އެފަދަ ފުރުޞަތެއް ޔުނިވާސިޓީގެ ތެރެއިން ފަހިކޮށްދެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަކީ މި ފެސްޓިވަލް ބޭއްވުމުގެ މަގުސަދު ކަމަށް އެމްއެންޔޫން ބުނެއެވެ.

އެމްއެންޔޫ އިން ބުނީ އަންނަ މަހު ބާއްވާ ޖޮބް ފެސްޓިވަލްއަށް "ފުރާތަ މުޖުތަމައަށް އަނބުރާ ދިނުން" ޝިއާރުގެ ދަށުން ހުރިހާ ފަރާތްތަކަށް ވެސް ހިލޭ ވަނުމުގެ ފުރުސަތު ހުޅުވައިލައިފައިވާ ކަމަށެވެ.

މި ފަހަރުގެ އެމްއެންޔޫ ޖޮބްފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް މި އަންނަ ހޮނިހިރު ދުވަހުގެ 23:59 ގެ ކުރިން ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

comment ކޮމެންޓް