މިޑްޓާމް ބަންދަށްފަހު އަލުން ސްކޫލުތަކުގެ ކިޔެވުން ފަށައިފި

އިމާދުއްދީން ކުދިން ސްކޫލަށް ވަންނަނީ-- ސަން ފޮޓޯ: މާހިލް އާތިފް

މިއަހަރުގެ މިޑް ޓާމް ބްރޭކަށްފަހު އަލުން ސްކޫލުތަކުގެ ކިޔެވުން މިއަދު ފަށައިފިއެވެ.

މިޑް ޓާމް ބަންދަށް ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލީ މިދިޔަ ހަފުތާއަށެވެ. އެއަށް ފަހު މިއަދު ވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އަލުން ކިޔަވައި ދޭން ފަށައިފައެވެ.

މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށައިފައިވަނީ 84000 ކުދިންނާއެކު އޮގަސްޓު ހައެއްގައެވެ.

އެގޮތުން ފެށުނު އާ އަހަރާއެކު، ސަރުކާރުގެ 216 ސްކޫލްގައި 73,000 އެއްހާ ދަރިވަރުން ތަޢުލީމު ހާސިލުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އޭގެ ތެރެއިން 25,000 އަށް ވުރެ ގިނަ ދަރިވަރުންނަކީ މާލޭ ސަރަޙައްދުގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުންނެވެ.

ސަރުކާރުގެ އެއް ދަންފަޅިއަށް ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ސިޔާސަތާ އެއްގޮތަށް މި އަހަރު 156 ސްކޫލެއްގައި ކިޔަވައިދޭނީ އެއް ދަންފަޅިއަށެވެ. އަދި ސެޓްލައިޓް ސްކޫލް ނިޒާމަށް ހަ ސްކޫލެއްގައި ކިޔަވައިދޭންވަނީ ފަށާފައެވެ.

comment ކޮމެންޓް