ދިރާގު ރޯޑް ރޭހުގެ ޚާއްސަ ރަނިން ކްލިނިކެއް ހޮނިހިރު ދުވަހު

ދިރާގު ރޯޑް ރޭސް-- ފޮޓޯ/ ދިރާގު

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 2023ގެ ކޯޗިން ޕާޓްނަރެއް ކަމަށްވާ އެލީޓް ރަނާސް މޯލްޑިވްސްއާ އެކު ދިރާގުން ހާއްސަ ދުވުމުގެ ކްލިނިކެއް ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ.

މި އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ބައިވެރިންނަށް ހުޅުވާލައިގެން ކުރިއަށްދާ މި އިވެންޓް އޮންނާނީ ހޮނިހިރު ދުވަހުގެ ހަވީރު 4:30 އިން 5:45 ކަށް ރަނިން ޓްރެކްގައެވެ.

އެގޮތުން މި ކްލިނިކްއިން ކުރިއަށް އޮތް ދުވުމަށް ތައްޔާރުވުމަށް އެހީތެރިވެދޭނެ އިރުޝާދުތައް ބައިވެރިންނަށް ލިބިގެންދާނެއެވެ. މި ރަނިން ކްލިނިކްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.

މީގެ އިތުރުން ޑީއެމްއާރްއާރްގެ މެޑިކަލް ޕާޓްނަރު ކަމަށްވާ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ޚާއްސަ ސެގްމަންޓެއް ވެސް ކުރިއަށްދާނެއެވެ.

އެގޮތުން އެ ހޮސްޕިޓަލްގެ ޑރ. އިބްރާހިމް އިޔާޒު ދުވުމާއި ސިއްހަތާ ގުޅޭ ގޮތުން ތަފާތު ޓިޕްސް ބައިވެރިންނަށް ކިޔައިދޭނެއެވެ.

ހަތަރު ހާހަށް ވުރެ ގިނަ ދުވުންތެރިންނާ އެކު މި އަހަރުގެ ރޯޑް ރޭސް ކުރިއަށްދާނީ 27 އޮކްޓޫބަރު 2023 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މިއީ ރާއްޖޭގައި ދުވުމުގެ ސަގާފަތް ގާއިމުކުރ،ި ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުމުގެ އިވެންޓެވެ.

comment ކޮމެންޓް