ދޫނިދޫ ކައިރިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ އަތޮޅު ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ވަނީ ދޫނިދޫ އާއި ފުނަދުއާ ދޭތެރޭ ކަނޑުމަތިން، މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެ މީހާގެ ހަށިގަނޑު ފެނިގެން ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 9:10ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.

ފުލުހުން އެހެން ބުނީ، ހުޅުލޭ ކައިރީ ކަނޑުމަތިން މަރުވެފައި އޮތް ފިރިހެނެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވީޑިއޯއެއް ދައުރުވަމުން ދަނިކޮށެވެ.

މި ސަރަހައްދު ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިފައި ވަނީ، މިދިޔަ ހޮނިހިރު ދުވަހު އެކަނި މަހަށް ނުކުމެ އުޅެނިކޮށް އދ. ދަނގެތީ މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށެވެ.

comment ކޮމެންޓް