ތަރުކާރީ އާއި މޭވާއިން ހިތުގެ ބައްޔާއި ކެންސަރުން ދުރުކޮށްދޭ

ތާޒާ ތަރުކާރީ އާއި މޭވާ ގިނައިން ކެއުމުން ހަކުރުބައްޔާއި ހިތުގެ ބަލިތަކާއި ކެންސަރު ދުރުކޮށްދޭކަން އިނގިރޭސިވިލާތުގައި ދާދި ފަހުން ކުރި ދިރާސާއަކުން ހާމަވެއްޖެ އެވެ.

ކެންބްރިޖް ޔުނިވަރސިޓީގެ އިންސްޓިޓިއުޓް އޮފް މެޓަބޮލިކް ސައެންސް"އިން ކުރި ދިރާސާއެއްގައި ކެއުމުގައި އާންމުކޮށް މޭވާ އާއި ތަރުކާރީ ބޭނުންކުރާ މީހުންނާއި ކެއުމުގައި އެތަކެތި އާންމުކޮށް ބޭނުން ނުކުރާ 3700 މީހުންގެ ސިއްޙީ ޙާލަތު 11 އަހަރުވަންދެން މޮނިޓާކޮށް ބަލާފައިވެ އެވެ. އެ ބެލުންތަކުގެ ނަތީޖާ ދައްކާގޮތުން ކެއުމުގައި ތަރުކާރީ އާއި މޭވާ އާންމުކޮށް ބޭނުންކުރާ މީހުންގެ ތެރޭގައި ހަކުރުބައްޔާއި ހިތުގެ ބަލިތަކާއި ކެންސަރުގެ ޙާލަތްތައް ވަރަށް މަދެވެ. އެއާ ޚިލާފަށް އެ ތަކެތި ބޭނުން ނުކުރާ މީހުންގެ ތެރޭގައި މިބަލިތައް ގިނަ އެވެ.

އެ ދިރާސާ ކުރުމުގައި އިސްކޮށް ޙަރަކާތްތެރިވި ސައެންސްވެރިއެއް ކަމަށްވާ ނީތާ ފްރޯހީ ވިދާޅުވި ގޮތުގައި ތަރުކާރީ އާއި މޭވާ ބޭނުންކުރުމުގައި ވެސް ސިއްހަތަށް އެންމެ ފައިދާބޮޑު ގޮތަކީ ގިނަ ބާވަތްތަކުގެ މޭވާ އާއި ތަރުކާރީ ބޭނުންކުރުމެވެ. ގިނަ ބާވަތްތަކުގެ މޭވާ އާއި ތަރުކާރީ ބޭނުންކުރި ވަރަކަށް ހަކުރުބައްޔާއި ހިތުގެ ބަލިތަކާއި ކެންސަރާއި ސްޓްރޯކް ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކަން އެ ދިރާސާ އިން ވެސް އަދި އެހެން ދިރާސާތަކުން ވެސް ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު