ޔުމޮސް ލިކުއިޑް ޑިޓާޖެންޓް މިހާރު ވިލާ ފިހާރަތަކުން ލިބެން ހުންނާނެ

އަންނައުނުން މީރުވަސް ދުވާ "ޔުމޮސް" ބްރޭންޑްގެ ލިކުއިޑް ޑިޓާޖެންޓް މިހާރު ވިލާ ކުންފުނީގެ ފިހާރަތަކުން ލިބެން ހުންނާނެއެވެ.

އަންނައުނުގެ ސާފުތާހިރުކަމާއި ތާޒާކަމާއި މަޑުކަން ދެމެހެއްޓުމުގައި ޑިޓާޖަންޓާއި ސޮފްޓްނާ އަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އެގޮތުން ޔޮމޮސް ބްރޭންޑްގެ ޑިޓާޖަންޓް ތައްޔާރުކޮށްފައި ވަނީ ދޮވުމުގެ މަރުހަލާގައި އަންނައުނުގައި ހުންނަ ދަލާއި ތެޔޮކަން ނައްތާލާ ގޮތަށެވެ.

މި ޑިޓާޖެންޓްގައި ސާފުކުރުމަށް ބޭނުންކުރާ ކޮމްޕޯނެންޓެއް ކަމަށްވާ "ސާފެކްޓެންޓްސް" އެކުލެވިގެންވެއެވެ.

View this post on Instagram

A post shared by Villa Mart (@villamartmv)

އޭގެ ސަބަބުން އަންނައުނުގައި ހުންނަ ހަޑި އަދި ކިލާ އެއްކޮށް ސާފުކޮށް ތެލާއި، ގްރީސް އަދި އެހެނިހެން މާއްދާތައް ފިލުވައިލުމަށް އެހީތެރިވެދެއެވެ. މިކަމުގެ ސަބަބުން އަންނައުނު ސާފުވެ ރީތިވެގެންދެއެވެ.
މި ޑިޓާޖެންޓަކީ ހަމައެކަނި އަންނައުނު ސާފުކޮށްދޭ ޑިޓާޖެންޓެއް ވެސް ނޫނެވެ. މީގެ އިތުރުން އަންނައުނުގެ ވަސް ވެސް ތާޒާކޮށްދޭ ޑިޓާޖެންޓެކެވެ. އެގޮތުން ތަފާތު ވަސްތައް އެކުލެވިގެންވާ އެކި ވައްތަރުތައް މި ޑިޓާޖެންޓްގައި ހިމެނެއެވެ.

އޭގެ ތެރޭގައި އެމްބާ، އޯކިޑް، ލެވެންޑާ އަދި ލިލީ ފަދަ މީރުވަސް ދުވާ މާމެލާމެލީގެ ވަސްތައް ހިމެނެއެވެ. މި ވަސް އަންނައުނު ދޮވެ ހިއްކައި ނިމޭ ފަހުން ވެސް ހަރުލާފައި ހުންނާނެއެވެ.

"އޮންލައިންކޮށް ވެސް ވިޔަފާރިކޮށްލެވޭނެ"

ކާބޯތަކެތީގެ އިތުރުން ގޭތެރޭގެ ސާމާނާއި، ސާފުކުރާ ބާވަތްތަކާއި، ކޮންމެ ދުވަހަކު ބޭނުންވާ ސާމާނު އަދި ކޮސްމެޓިކްސް ފަދަ ތަކެތި ވެސް ވިލާއިން ލިބެން ހުންނާނެއެވެ.

އެގޮތުން މި ތަކެތި ގަންނަ ފަރާތްތަކަށް ވަނީ ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ވިލާގެ ވެބްސައިޓް މެދުވެރިކޮށް، އުނދަގުލަކާ ނުލައި އޮންލައިންކޮށް ވިޔަފާރި ކުރުމުގެ ފުރުސަތު ވެސް ފަހިކޮށްދީފައެވެ.
ވެބްސައިޓް މެދުވެރިކޮށް ވިލާގެ ފިހާރަތަކުން ލިބެން ހުރި ޕްރޮޑަކްޓްތަކާ ބެހޭ ގޮތުން އާންމު މައުލޫމާތު ލިބިގެންދާނެއެވެ.

ވެބްސައިޓްގެ އިތުރުން، އޮންލައިންކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް އެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން ވިލާ މާޓްގެ ޚާއްސަ އެޕެއް ވެސް ވަނީ ތައާރަފްކޮށްފައެވެ. އެ އެޕް މެދުވެރިކޮށް ވެސް ވިޔަފާރިކޮށްލެވޭނެއެވެ.
"ކަސްޓަމަރުންގެ ޚިދުމަތާއި ހިތްހަމަޖެހުމަކީ އަބަދުވެސް އަޅުގަނޑުމެންގެ ކާމިޔާބީގެ ތަޅުދަނޑި. އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ، ކަސްޓަމަރުންގެ ހުރިހާ ބޭނުންތަކަކަށް ވެސް ތަފާތު އަދި ފެންވަރު ރަނގަޅު ޕްރޮޑަކްޓްތައް ފޯރުކޮށްދިނުން،" ވިލާ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް