ހުޅުމާލޭ ދެވަނަ ފިޔަވަހިން އެއްކޮށް ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުޅި ދެވަނަ ފިޔަވަހިން އެއްކޮށް ކަރަންޓު ދާން ދިމާވީ އާތު ފޯލްޓެއް ދިމާވެގެން ކަމަށެވެ.
އެހެން ނަމަވެސް އޭނާ ވިދާޅުވީ މިހާރު ސްޓެލްކޯއިން އެ ފޯލްޓު ދެނެގަނެ އެ ސަރަހައްދަށް ކަރަންޓު ދެމުން އަންނަ ކަމަށެވެ.
މީގެ ކުރިން ވެސް ހުޅުމާލެ ދެވަނަ ފިޔަވަހިން މިގޮތަށް ކަރަންޓު ކެނޑެއެވެ.
އާންމު ގޮތެއްގައި ކަރަންޓު ކެނޑެނީ މަސައްކަތްތައް ކުރުމުގެ ތެރެއިން ކޭބަލަށް ދިމާވާ އެކި މައްސަލަ ތަކުންނެވެ.