މެލޭޝިޔާގެ އިމާރާތަކުން ވެއްޓި ދިވެއްސަކު މަރުވެއްޖެ

މެލޭޝިއާގެ ފޮޓޯއެއް/ ބްލޫމްބާގް

މެލޭޝިއާގެ އިމާރާތެއްގެ 14 ވަނަ ބުރިން ވެއްޓި އެ ގައުމުގައި ދިރިއުޅެމުންދާ ދިވެއްސަކު މަރުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ބުނީ މެލޭޝިއާގެ އިމާރާތަކުން ވެއްޓި ދިވެއްސަކު މަރުވިކަން ކަށަވަރުވެފައިވާ ކަމަށެވެ. އެކަމަކު، އެ ހާދިސާއާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ސ. ހިތަދޫ، އުމަރު އަހުމަދު ނައީމް، 22 އެވެ.

މި ހާދިސާ ހިނގާފައިވަނީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރްގައި ރާއްޖޭގެ ގަޑިން މިއަދު ހަވީރު 4:00 ހާއިރެވެ. އެކަމަކު، ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

comment ކޮމެންޓް