ސައުދީގެ 300 ސްކޮލާޝިޕަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި

އޭޕްރީލް 17، 2018: އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ތިންވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދިވެހިރާއްޖެއަށް ދީފައިވާ 300 އަށް ވުރެ ގިނަ ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މި ސްކޮލާޝިޕްގެ ދަށުން ކިޔެވުމަށް ފުރުސަތު ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި ކޮމްޕިއުޓާ ސައިންސާއި ބިޒްނަސް މެނޭޖްމެންޓާއި އިކޮނޮމީއާއި އެގްރިކަލްޗާގެ ދާއިރާގެ އިތުރުން އިސްލާމް އަދި އަރަބި ބަހާއި އިންޖީނެރިން ކޯސްތަކާއި ސިޔާސީ އަދި މީޑިއާގެ އިތުރުން ގާނުނީ ދާއިރާ ހިމެނެއެވެ.

މި ސްކޮލާޝިފަށް ސައުގުވެރިވާ ފަރާތްތަކުން އެކަމަށް ޚާއްސަ ކުރެވިފައިވާ ޕޯޓަލް މެދުވެރި ކޮށް އެޕްލިކޭޝަން ފޯމް ހުށައަޅުމަށް މިނިސްޓްރީން އެދެއެވެ.

އެ ގޮތުން ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލު ކުރާ އިންސްޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް ދިވެހިރާއްޖޭގެ ހަޔާ އެޑިއުކޭޝަނުން އެދިފައިވެއެވެ.

އަދި ޕްރޮފެޝަނަލް ނުވަތަ ލައިސެންސިން ދާއިރާ ތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން ގަބޫލު ކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ގަބޫލުކުރާ ކޯހެއްތޯ ޔަގީން ކުރުމަށް ވެސް އެދިފައިވެއެވެ.

comment ކޮމެންޓް