ހަނިމާދޫގައި ވެސް ދުވަސްވީ މީހަކަށް ހަމަލާދިނުމަށް ފަހު ފޭރިއްޖެ

ހަނިމާދޫ---

ހދ. ހަނިމާދޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ، އެމީހާ އަތުން ފައިސާ ފޭރިގެންފިއެވެ.

ފުލުހުން ބުނީ 63 އަހަރުގެ މި މީހާއަށް ހަމަލާ ދީ ފޭރިގަނެފައިވަނީ ރޭ 11:45 ހާއިރު އޭނާ ދިރިއުޅޭ ގެޔަށް ވަދެ ކަމަށެވެ. އެ މީހާއަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ޒަހަމް ވީ 63 އަހަރުގެ މީހާއަށް މިހާރު ކުޅުދުއްފުށީ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި 25 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

އަނިޔާވި މީހާގެ މައުލޫމާތު އަދި ލިބިފައެއް ނުވެއެވެ.

ރޭ ހަނިމާދޫއިން އުމުރުން ދުވަސްމީހަކަށް ހަމަލާދީ، އޭނާގެ އަތުން ފޭރިގަނެފައިވާއިރު، އައްޑޫ މަރަދޫގައި 81 އަހަރުގެ މީހަކު ބަނުމަށްފަހު އޭނާ އަތުންވެސް ވަނީ ފޭރިގަނެފައެވެ. މި މައްސަލައާގުޅިގެން އުމުރުން 50 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

comment ކޮމެންޓް