ހޮނިހިރު ދުވަހު ނިމުނު ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް މާލޭގެ މަގުތަކުގައި ޕާޓީތަކުން ދެމި ދިދަ ފަތިތައް ނަގަން ފަށައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އިންތިޚާބާ ގުޅުވައިގެން މާލޭ މަގުތަކުގައި ދަމާފައި ހުރި ދިދަފަތިތައް ނެގުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބު ދެ ބުރަކަށް ދެމިގެން ދިޔަ އިރު، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަ ކުރެއްވި އަށް ކެނޑިޑޭޓުންވެސް ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި އެ ޕާޓީއެއްގެ ކުލައިން ދިދަ ފަތި ނުވަތަ، އެ ކެނޑިޑޭޓެއްގެ ވައުދުތައް ފެންނަ ފަދަ ބެނާ ތަކާއި ޕޯސްޓަރުތައްވެސް ހަރުކޮށްފައެވެ.
އެންމެ ގިނައިން ދިދަ ފަތި ދަމާފައި ހުރި މަގުތަކުގެ ތެރޭގައި މަޖީދީމަގާއި އަމީނީ މަގާއި، ބޮޑުތަކުރުފާނު މަގާއި، މާވެޔޮ މަގުގެ އިތުރުން ސޯސަން މަގު ހިމެނެއެވެ.
ބައެއް ޕާޓީތަކުން ދިދަ ފަތިތައް ދަމާފައި ހުރިގޮތުން ބޮޑެތި އުޅަނދުތައް ދުއްވުމަށް ވެސް ދަތިތަކާ ކުރިމަތިވިއެވެ.