ޓްރީޓޮޕް ހޮސްޕިޓަލު (ޓީޓީއެޗުން) ބ. އޭދަފުށީގައި މުޅިން އާ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފިއެވެ
އެ ހޮސްޕިޓަލުން ބުނީ މި ކޮންޓެކްޓް ސެންޓަރު އޭދަފުށީގައި ހުޅުވީ އިއްޔެގައި ކަމަށެވެ. އަދި، މި ކޮންޓެކްޓް ސެންޓަރު އޭދަފުށީގައި ހުޅުވީ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް ފުޅާ ކުރުމުގެ ގޮތުން ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
އެ ހޮސްޕިޓަލުން ބުނީ ދުވަހަކަށް ވުރެ ދުވަހެއް އެ ހޮސްޕިޓަލަށް އޮންނަ ޑިމާންޑު އިތުރުވަމުންދާ ކަމަށެވެ.
އެކަމުގެ ސަބަބުން އޯޕީޑީ އާއި އައިޕީޑީގެ ހިދުމަތްތަށް ލިބިގަންނަ މީހުންގެ އަދަދު އިތުރުވެފައިވާއިރު، ހޮސްޕިޓަލަށް ގުޅުއްވައިގެން ފޯނުގައި މަޑުކުރައްވަންޖެހޭ ވަގުތު މަދުކުރުމަކީ ޓީޓީއެޗުގެ ކޮންޓެކްޓް ސެންޓަރުގެ އެންމެ ބޮޑު އެއް މަގްސަދު ކަމުގައި ވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހި މުވައްޒަފުންނާއި ރާއްޖެއިން ބޭރުގެ މުވައްޒަފުންނަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް އަދި ވަޒީފާގެ ފަހި ފުރުސަތުތައް ފުޅާކުރުމަށް މަގުފަހިކޮށްދޭ ކުންފުންޏެކެވެ.
މި މަހު ދޭއްގައި ހިދުމަތް ފަށާފައިވާ މި އާ ކޮންޓެކްޓް ސެންޓަރު ހުޅުވުމުގެ މަގްސަދަކީ ޓްރީ ޓޮޕް ހޮސްޕިޓަލާއި ޓީޓީއެޗްގެ މާލޭ ކްލިނިކްގެ ހިދުމަތްތަކަށް އަވަސް އަދި ފަސޭހަ ގޮތެއްގައި އެޕޮއިންޓްމަންޓާއި ބުކިން ހެއްދުމަށް މަގުފަހި ކޮށްދިނުން ކަމަށް ވެސް ޓްރީޓޮޕުން މައުލޫމާތު ދެއެވެ.
އެ ހޮސްޕިޓަލުން ބުނީ ކޮންޓެކްޓް ސެންޓަރުގެ ޓީމު ފުޅާކުރުމަކީ ހޮސްޕިޓަލްގެ ކެޕޭސިޓީ އިތުރު ކުރުމާއި، ހިދުމަތް ލިބޭނެ މަގު ފަސޭހަ ކޮށްދިނުމާއި، މެހެމާނުންގެ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަށް އެކުލަވާލާފައިވާ އިސްތިރާޖީ ޕްލޭންގެ ބައެއް ކަމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކޮންޓެކްޓް ސެންޓަރުގެ ޓީމުގެ ހުރިހާ މުވައްޒަފުންނަށް ވެސް ޙާއްސަ ތަމްރީނެއް ހިންގައިފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.