ދިވެހި ބަހުގެ އެކެޑަމީން ޑރ. މުޢިއްޒަށް މަރުހަބާ ދަންނަވައިފި

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް --ސަންފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ދިވެހި ބަހުގެ އެކެޑަމީން، ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒަށް މަރުޙަބާ ދަންނަވައިފިއެވެ.

ދިވެހި ބަހުގެ އެކެޑަމީން ކުރި ޓުވީޓެއްގައި ވަނީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށާއި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފަށް އެ އެކެޑަމީގެ ފަރާތުން ތަހުނިޔާއާއި މަރުޙަބާ ދަންނަވާފައެވެ.

ޑރ. މުއިއްޒުގެ ބޮޑު ކާމިޔާބީ ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.

ރައީސްގެ އިތުރުން ބޭރު ގައުމުތަކުން ވެސް އަންނަނީ މުޢިއްޒަށް މަރުޙަބާ ދަންނަވަމުންނެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާއާއި އެމެރިކާއާއި އިންޑިއާ އަދި ސްރީލަންކާ ހިމެނެއެވެ. އަދި ބައިނަލްއަގުވާމީ ބައެއް ޖަމުއިއްޔާތަކާއި އަމިއްލަ ފަރާތްތަކުން މަރުޙަބާގެ މެސެޖުތައް ފޮނުވަމުން އާދެއެވެ.

ދެވަނަ ބުރުގެ ނަތީޖާއަށް ބަލާ އިރު، ޑރ. މުޙައްމަދު މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވައިފައެވެ. އެމަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓް، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ. އެހެންކަމުން މިއީ 19،291 ވޯޓުގެ ތަފާތެކެވެ.

comment ކޮމެންޓް