ގޯތީގެ ރަޖިސްޓްރީ ދޫކުރުން ސީއެޗްއެސްސީ ކުރީގެ އިމާރާތަށް ބަދަލުކުރަނީ

ހުޅުމާލެއިން ގޯތި ކަނޑައި ދިނުމަށް ބޭއްވި ހަފްލާގެ ތެރެއިން --

އަންގާރަ ދުވަހުން ފެށިގެން މާލެ ރައްޔިތުންނަށް ގޯތީގެ ރެޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށްދާނީ ކުރިން ސީއެޗްއެސްސީ ހިންގި އިމާރާތުގައި ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ގޯތި ކަނޑައި މާލެ ރައްޔިތުންނަށް ރަޖިސްޓްރީ އަތަށް ދޭން ފެށީ އޮގަސްޓު މަހުގެ 27 ވަނަ ދުވަހުއެވެ.

ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް މިހާރު ކުރަނީ ހުޅުމާލެ ސިންތެޓިކް ޓްރެކުގައެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މި ވަގުތު ބިން ދޫކުރަމުން އަންނަނީ ހުޅުމާލެއިން ބިން ލިބުނު ފަރާތްތަކަށެވެ. މި ސްކީމުގެ ދަށުން ހުޅުމާލެއިން 1،351 ގޯތި ދޫކުރަން ހަމަޖެހިފައިވެއެވެ.

އެ އަދަދު ހަމަކުރުމަށް ޓަކައި ހުޅުމާލެ ފަޅުން ގޯތި ދިނުމަށް، ފަޅު ހިއްކުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ. އެ ސަރަހައްދުން 700 ގޯތި ދޫކުރާނެއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ތެރެއިން، ދާއިމީ ލިސްޓުގައި 19،865 މީހުންގެ ޝަރުތު ހަމަވާ ކަމަށް އޮތެވެ. ހައުސިން މިނިސްޓްރީން ބުނަނީ މިހާރު ލިބެން އޮތް ބިމުން، އޭގެ ތެރެއިން 18،955 މީހަކަށް ގޯތި ލިބޭނެ ކަމަށެވެ.

ބާކީތިބި 684 މީހުންނަށް ގޯތި ދޭނީ ފަހުން އިތުރުވާ ބިމުން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 25 އަހަރުން ދަށުގެ، ކައިވެންޏެއް ނުކުރާ، ދަރިއެއް ވެސް ނެތް މީހުން ކަމަށް މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް