ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އިއްޔެ ކުރިއަށްދިޔަ ވަގުތު މާލޭގެ އެކި ސަރަހައްދުތަކުގައި ފައިސާ ބަހަން އުޅުނު މީހެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަން ފަށައިފިއެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުގައި އިއްޔެ އޭނާ ފައިސާއާ އެކު ހަރަކާތްތެރިވަމުން އައި ކަމަށެވެ. އެގޮތުން ބައެއް މީހުން ބުނި ގޮތުގައި އޭނާ ހަރަކާތްތެރިވަމުން އައީ ފައިސާހުރި ކަޅު ދަބަހަކާ އެކުގައެވެ.
އެ ކަން ފާހަގަވުމާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސް، ފުލުހުން އެ މައްސަލަ އޭސީސީއަށް ހުށަހެޅީ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އެ ކަން މިހާރު އޭސީސީން ބަލަމުން އަންނަ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.