ކުށްކުރާ ގްރޫޕުތަކުގެ ހަރަކާތްތައް އިތުރުވުމުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި

ޖިނާއީ ކުށްތަކަށް އަރައިގަންނަ ގުރޫޕުތަކުގެ ހަރަކާތްތައް މާލެ ތެރޭގައި މިއަދު އިތުރުވަމުންދާ ކަމަށް ފާހަގަކުރެވުމުން ފުލުހުންގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ -- ފޮޓޯ/ ފުލުހުން

ޖިނާއީ ކުށްތަކަށް އަރައިގަންނަ ގުރޫޕުތަކުގެ ހަރަކާތްތައް މާލެ ތެރޭގައި މިއަދު އިތުރުވަމުންދާ ކަމަށް ފާހަގަކުރެވުމުން ފުލުހުންގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ގުރޫޕުތަކަށް ނިސްބަތްވާ މީހުން ބައެއް މީހުންނަށް އިންޒާރުދީ ބިރު ދެއްކުމާއި، ރިޔާސީ އިންތިޚާބާ ގުޅުންހުރި ކަންކަމުގައި ހަރަކާތްތެރިވާ ބައެއް މީހުންނަށް ހަމަލާ ދިނުން ފަދަ މައްސަލަތައް މިއަދު ރިޕޯޓުކޮށްފައިވެެއެވެ.

އެހެންވެ، އިންތިޚާބުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

"މި މައްސަލަތައް ފުލުހުން ގެންދަނީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު ނިހާދާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފަށް ހަމަލާދިން މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

އޭގެ ތެރެއިން ޝަރީފަށް ހަމަލާ ދީފައި ވަނީ މާލޭގައި ހުންނަ މަންހަޓަން ބިޒްނަސް ހޮޓެލްގެ ތެރޭގައި ކަމަށްވާއިރު ނިހާދަށް ހަމަލާ ދީފައި ވަނީ ފޭދޫގައެވެ.

https://sun.mv/182614

އިއްޔެ ފުލުހުން ވަނީ، މިއަދު ވޯޓުލުން ނިމި، ނަތީޖާ އިއުލާނު ކުރުމާ ހަމައަށް ފުލުހުންގެ އެލާޓްލެވެލް އޮންނާނީ އެންމެ މަތީގައި ކަމަށް ބުނެފައެވެ.

comment ކޮމެންޓް