ޓްރީޓޮޕް ހޮސްޕިޓަލް (ޓީޓީއެޗް)އިން ހިތުގެ ސްކްރީނިން ޕެކޭޖުތަކަށް 10 ޕަސެންޓުގެ ޑިސްކައުންޓް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ މި ޕްރޮމޯޝަނަކީ ދުނިޔޭގެ ހިތުގެ ދުވަހާ ގުޅުވައިގެން އެ ދުވަހުގެ މުނާސަބަތުގައި ހިތުގެ ސްކްރީނިން ޕެކޭޖުތަކަށް 10 ޕަސެންޓު ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަނެއް ކަމަށެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މި އަހަރުގެ 29 ސެޕްޓެމްބަރުން ފެށިގެން 29 އޮކްޓޫބަރާ ހަމައަށް ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
މީގެ އިތުރުން އެ ހޮސްޕިޓަލުން ބުނީ ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަން ކުރެވޭ ގޮތަކީ ހިތުގެ ބަލިތަކަށް ވަރަށް ބޮޑަށް އަސަރު ކުރާ ކަމެއް ކަމަށެވެ. އެގޮތުން ހިތުގެ ސްކްރީން ކުރުމަކީ ކުރިޔާލާ ހިތުގެ ބަލި ތަކުން ރައްކާތެރިވުމަށާއި، ބައްޔެއް ހުރިނަމަ އަވަހަށް ފަރުވާ ހޯދަން ފަސޭހަވާނެ ކަމެއް ކަމުގައި ވެސް ޓްރީޓޮޕުން ވަނީ ބުނެފައެވެ.
އެގޮތުން ތަފާތު އެކި އުމުރުތަކަށް ޚާއްސަ ޕެކޭޖުތަކެއް ވެސް އެ ހޮސްޕިޓަލުން ވަނީ ތައާރަފް ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހެލްތީ ހާޓް ޕެކޭޖާއި، ސްޓްރޯންގެ ހާޓް ޕެކޭޖެވެ.
1. ހެލްތީ ހާރޓް ޕެކޭޖް: މި ޕެކޭޖަކީ 30 އަހަރާއި 60 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ހާއްސަ ޕެކޭޖެކެވެ.
މި ޕެކޭޖުގައި ހިމެނޭ ހިތުގެ ބަލިތަށް ދެނެގަތުމަށް ހެދޭ ޓެސްޓުތަކުގެ ތެރޭގައި ކްލިނިކަލް އެގްޒާމިނޭޝަން؛ މެޑިކަލް ހިސްޓްރީ، އިސްކޮޅާއި ބަރުދަން ބެލުމާއި، ބީއެމްއައި އަދި ބަލަޑް ޕެރެޝާ ވެސް ހިމެނެއެވެ.
ޑައިގްނޮސްޓިކްސް ޓެސްޓުތަކުގެ ގޮތުގައި ޗެސްޓް-އްކްސް-ރޭ (1 ވިއު)، އެކޯކާޑިއޮގްރާމް، އިލެކްޓްރޮކަރޑިއޮގްރާމް (އީސީޖީ) އަދި ކަރޑިއެކް ސްޓްރެސް (ޓީއެމްޓީ) ހިމެނެއެވެ. އަދި އޯޕީޑީ ކޮންސަލްޓޭޝަން ތެރޭގައި ހިމެނެނީ ކްލިނިކަލް ޑައިޓީޝަނަކަށް ދައްކައި ހާއްސަ ކެއުމުގެ ޕްލޭނެއް ހެދުން އަދި ޓެސްޓްތަކުގެ ނަތީޖާއާއިއެކު ޑޮކްޓަރަށް ދެއްކުމެވެ.
މީގެއިތުރުން މި ޕެކޭޖުގައި 12 ލެބޯރަޓޮރީ އިންވެސްޓިގޭޝަން ހިމެނެއެވެ. އެއީ ފުލް ބްލަޑް ކައުންޓް، އުރިތްރޮސައިޓް ސެޑިމެންޓޭޝަން ރޭޓް، ގްލައިކޭޓެޑް ހީމޮގޮލޮބިން، ފާސްޓިން ބްލަޑް ގުލަކޯޒް، ޔުރިއާ، ކްރިއެޓައިން، ޔޫރިކް އެސިޑް، ސޯޑިއަމް، ޕޮޓޭސިއަމް، ލިޕިޑް ޕޮރޮފައިލް، ތައިރޮއިޑް ސްޓިމިއުލޭޓިން ހޯމޯން، ހޯމޯސިސްޓީނެވެ
2. ސްޓްރޯންގ ހާރޓް ޕެކޭޖް: މި ޕެކޭޖަކީ 60 އަހަރުން މަތީގެ ބޭފުޅުންނަށް ހާއްސަ ޕެކޭޖެކެވެ.
މި ޕެކޭޖުގައި ހިމެނޭ ކްލިނިކަލް އެގްޒާމިނޭޝަން ތަކުގެ ތެރޭގައި ހިމެނެނީ، މެޑިކަލް ހިސްޓަރީ ބެލުމާއި، އިސްކޮޅު އަދި ބަރުދަން ބެލުމާއި، ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) އަދި ލޭގެ ޕްރެޝަރު ބެލުމެވެ.
މި ޕެކޭޖުގެ ޑައިގްނޮސްޓިކް ޓެސްޓުތަކުގެ ތެރޭގައި ޗެސްޓް-އެކްސް-ރޭ، އެކޯކާޑިއޮގްރާމް، އިލެކްޓްރޮކާޑިއޮގްރާމް (އީސީޖީ) އަދި ކާޑިއެކް ސްޓްރެސް (ޓީއެމްޓީ) ހިމެނެއެވެ.
އަދި އޯޕީޑީ ކޮންސަލްޓޭޝަން ތެރޭގައި ހިމެނެނީ ކްލިނިކަލް ޑައިޓީޝަނަކަށް ދައްކައި ހާއްސަ ކެއުމުގެ ޕްލޭނެއް ހެދުން އަދި ޓެސްޓްތަކުގެ ނަތީޖާއާއިއެކު ޑޮކްޓަރަށް ދެއްކުމެވެ.
މީގެ އިތުރުން މި ޕެކޭޖުގައި 12 ލެބޯރަޓޮރީ އިންވެސްޓިގޭޝަން ވެސް ހިމެނެއެވެ. އޭގެ ތެރޭގައި، ފުލް ބްލަޑް ކައުންޓް، އުރިތްރޮސައިޓް ސެޑިމެންޓޭޝަން ރޭޓް، ގްލައިކޭޓެޑް ހީމޮގޮލޮބިން، ފާސްޓިން ބްލަޑް ގުލަކޯޒް، ކްރިއެޓައިން، ޔޫރިކް އެސިޑް، ސޯޑިއަމް، ޕޮޓޭސިއަމް، ލިޕިޑް ޕޮރޮފައިލް، ތައިރޮއިޑް ސްޓިމިއުލޭޓިން ހޯމޯން، ސީއަރުޕީ (ވާރިއޯ) ހިމެނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްޚީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލްއެކެވެ. އެގޮތުން މިހާރު ވެސް މި ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާ އެކު އާ ހިދުމަތްތައް ތައާރަފު ކުރަމުންނެވެ.