އޮޅުވާލައިގެން ފައިސާ ހޯދުން އަނެއްކާވެސް އިތުރުވެއްޖެ

ފޮރެކްސް ޓްރޭޑިން ސްކޭމްތައް ހިންގާ އެކައުންޓެއް --

އޮންލައިން ސްކޭމްތަކުން, އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވާތީ އެކަމަށް ސަމާލުވުމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިލްތިމާސްކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ ޝަހްސު އޮޅުވާލައިގެން ހިންގާ ސްކޭމްތައް ފަހަކަށް އައިސް އިތުރުވެފައިވާކަން އެ ބޭންކަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން އެ މީހެއްގެ އާއިލާ މީހެއް ނުވަތަ އެކުވެރިއެއް ނުވަތަ އެހެން ދަންނަ މީހެއްގެ ނަމުގައި ގުޅައި، މެސެޖުކޮށްގެން ފައިސާގެ އެހީއަށް އެދޭ ކަމަށް އެ ބޭންކުން ބުންޏެވެ.

އެގޮތަށް ފާހަގަކުރެވިފައިވާ ނުވަތަ ރިޕޯޓުކޮށްފައިވާ ސްކޭމްތަކުގައި އާންމުކޮށް ބޭނުންކުރަނީ ފޭސްބުކް ނުވަތަ އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކެވެ.

އާންމު ގޮތެއްގައި އެހީއަށް އެދެން ޖެހޭ ސަބަބެއް ކަމަށް ސްކޭމް ކުރާ މީހުން ބުނަނީ:

  • ސިއްހީ ފަރުވާއަށް
  • އިންޓަނެޓް ބޭންކިން ބޭނުންނުކުރެވޭތީ
  • ބޭރުން ގެންނަ އެއްޗެއް ކަސްޓަމްސްއިން ނެގުމަށް ކްލިއަރެންސް ފީއެއް ބޭނުންވުން

ބީއެމްއެލްއިން ބުނީ، ސްކޭމް ކުރާ މީހުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޑިޕޮސިޓް ސްލިޕްތައް ކަމަށް ބުނެ ފޭކް ސްލިޕްތައް ދައްކާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ބައެއް ފަހަރު މީހުންނަށް އޮޅުވާލުމަށް ޓަކައި ނޭނގޭ ނަމްބަރުތަކަށް ގުޅައި، ވަޓްސްއެޕް، ވައިބާ، ޓެލެގްރާމް އަދި އިންސްޓަގްރާމް ފަދަ އެޕްތަކުން ވެސް މީހުންނާ ވާހަކަދައްކާ ކަމަށް އެ ބޭންކުން ބުނެއެވެ.

ޝަހްސު އޮޅުވާލައިގެން ހިންގާ ސްކޭމްތަކުގެ އިތުރުން ފާހަގަކުރެވިފައިވާ ޚިޔާނާތުގެ މައްސަލަތަކުގެ ތެރޭގައި:

  • ކްރިޕްޓޯކަރެންސީ ޓްރޭޑިން
  • ފޮރިން ކަރެންސީ އެކްސްޗޭންޖް (ފޮރެކްސް ޓްރޭޑިން)
  • އެކައުންޓުތަކަށް 'ލޮގްއިން' ކުރަން ބޭނުންކުރާ މައުލޫމާތު ހޯދުން
  • އޮންލައިން ޓްރޭޑިން
  • މުދަލާއި ޚިދުމަތްތައް ދިނުމާއި ވިއްކުމުގައި ޚިޔާނާތްތެރިވުން

އެފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް ޓަކައި ކުރެވޭނެ ކަންތައްތަކުގެ ތެރޭގައި ފައިސާ ފޮނުވުމުގެ ކުރިން އެ ފޮނުވެނީ ކާކަށްކަން ޔަގީން ކުރުން ހިމެނެއެވެ. އަދި ފައިސާ ފޮނުވިއްޖެ ނަމަ ވީހާވެސް އަވަހަކަށް ބޭންކަށް އަންގައި، ފުލުހަށް މައްސަލަ ހުށަހެޅުމަށް ބީއެމްއެލްއިން އެދެއެވެ.

https://sun.mv/180609

މިދިޔަ މަހު ފުލުހުން ވެސް ވަނީ ސޯޝަލް މީޑިއާގައި ހިންގާ އެފަދަ ސްކޭމްތަކަށް ސަމާލުވުމަށް އެދިފައެވެ.

comment ކޮމެންޓް