ޓްރީ ޓޮޕުގައި ކެންސަރަށް ސްކްރީން ކުރާ ކްލިނިކެއް ހުޅުވައިފި

ޓްރީޓޮޕް ހޮސްޕިޓަލް ---

ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުން ކެންސަރަށް ޓެސްޓުކުރާ ކްލިނިކެއް ހުޅުވައިފިއެވެ.

އެ ހޮސްޕިޓަލުގައި ކެންސާ ސްކްރީނިންގް ކްލިނިކް ހުޅުވާފައިވަނީ އިއްޔެއެވެ.

މި ކްލިނިކާ ގުޅޭގޮތުން އެ ހޮސްޕިޓަލުން ބުނީ، ކްލިނިކް ހުޅުވުމުގެ ބޭނުމަކީ ކެންސަރާ ގުޅުންހުރި މައްސަލަތަކާއި ކަންބޮޑުވުންތައް އެންމެ އެކަށޭނެގޮތުގައި ދެނެގަނެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

މި ކްލިނިކްގައި ފަރުވާ ދިނުމަށް މެޑިސިން، އޮންކޮލޮޖީ، ގޭސްޓްރޯއެންޓަރޮލޮޖީ، އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ، ޕަލްމޮނޮލޮޖީގެ އިތުރުން އިންޓާނަލް މެޑިސިންގެ މަލްޓިސްޕެޝިއަލްޓީ ތަޖުރިބާކާރުން ހަރަކާތްތެރިވެއެވެ.

މި ޓީމުން ގުޅިގެން މީހުންނަށް ޕްރިވެންޓޭޓިވް މެޑިސިން ނުވަތަ ކެންސަރު ބަލިން ސަލާމަތްވެ ރައްކާތެރިވުމަށް ކުރެވޭނެ ބޭސްފަރުވާ ފޯރުކޮށްދީ ހިތްވަރުދޭނެއެވެ. އެހެންކަމުން ކެންސާ ސްކްރީނިންގް ކްލިނިކްގެ ޚިދުމަތްތަކުގެ ތެރޭގައި ކެންސާ ބަލީގެ އެކި އެކި ބާވަތްތަކުން ރައްކާތެރިވުމަށާއި، އަދި ކެންސާ ބަލީގެ ޢަލާމާތްތައް ދެނެގަންނާނެގޮތުގެ މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.

ރާއްޖެއަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުން ގިނަ ގައުމެކެވެ.

ޓްރީ ޓޮޕުން ދާދި ފަހުން ވަނީ އައިވީއެފްގެ ޚިދުމަތް ވެސް ރާއްޖެއަށް ތައާރަފްކޮށްދީފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްޚީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލްއެކެވެ. އެގޮތުން މިހާރުވެސް މި ހޮސްޕިޓަލްއިން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

comment ކޮމެންޓް