އެމްއައިބީ ކަސްޓަމަރުންނަށް އެމްޓީސީސީއިން އިންޖީނު ގަތުމަށް ހާއްސަ އަަގުތަކެއް

އެމްއައިބީ ކަސްޓަމަރުނަށް ހާއްސަ ޑިސްކައުންޓް ތަކެއް ދިނުމާބެހޭ އެމްއޯޔޫއެއްގައި އެބޭންކާއި އެމްޓީސީސީއާ ދެމެދު ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެމްއައިބީ ކަސްޓަމަރުނަށް ހާއްސަ ޑިސްކައުންޓް ތަކެއް ދިނުމާއިބެހޭ އެމްއޯޔޫއެއްގައި އެބޭންކާއި އެމްޓީސީސީއާއި ދެމެދު މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ މުފައްދަލް އިދްރީސް ޚުމްރީއެވެ، އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްއެވެ. މި އެއްބަސްވުމާއިއެކު އެމްޓީސީސީން ވިއްކާ އިންބޯޑު އަދި އައުޓްބޯޑު އިންޖީނުތަކުން އެމްއައިބީ ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓްތަކެއް ލިބިގެން ދާނެއެވެ.

މި އަހަރުގެ ނިޔަލަށް އެމްއައިބީ މެދުވެރިކޮށް އެމްޓީސީސީން ބައްލަވައިގަންނަވާ ކޮންމެ ޔަންމާ އިންބޯޑު އިންޖީނު 35 ހޯސްޕަވަރުން ފެށިގެން 1400 ހޯސްޕަވަރާއި ދެމެދުގެ އިނަޖީނަކަށް ފަސް ޕަސެންޓާ ހަމަޔަށް ޑިސްކައުންޓް ލިބޭއިރު 2.5 ހޯސްޕަރުން ފެށިގެން 325 ހޯސްޕަވަރާ ދެމެދުގެ ސުޒުކީ އައުޓްބޯޑު އިންޖީނަކަށް އަށް ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެކަމަށް އެ ބޭންކުން މައުލޫމާތުދެއްވައެވެ.

އެމްއައިބީއަކީ ދިވެހިންގެ މެދުގައި މަގްބޫލު ބޭންކެކެވެ، ހާއްސަކޮށް އެބޭންކުގެ އުޖާލާ ދިރިއުޅުން ފެސިލިޓީއަކީ ދިވެހިންގެ މެދުގައި މަގްބޫލް ރީޓއެއިލް ފައިނޭންސް ފެސިލިޓީއެވެ.

comment ކޮމެންޓް