ގަނޑުވަރެއްހެން ހަދާފައިވާ ފާޚާނާއެއް ބަލާލަން ބޭނުންތަ؟

ތައިލެންޑްގައި، ގަނޑުވަރެއްހެން ހަދާފައިހުރި ފާޚާނާއެއް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް މަޝްހޫރުވެއްޖެއެވެ.

އިންސްޓަގްރާމްގައި މީހަކު ޙިއްސާކޮށްފައިވާ ވީޑިއޯއަކުން ފެންނަގޮތުގައި ރަންކުލައިގައި ހުރި މިބޮޑު ފާޚާނާ ފަރުމާކޮށްފައިހުރީ ޝާހީ ޑިޒައިންތަކުންނެވެ. އަދި ފާޚާނާގެ ވަށައިގެން ބޮޑު ރީތި ބަގީޗާއެއް އޮވެއެވެ.

އިންސްޓަގްރާމްގައި މި ވީޑިއޯ ޙިއްސާކުރުމާއެކު ވަރަށް ބޮޑަށް ދައުރުވެ، 60،000އަށްވުރެ ގިނަ މީހުން މި ވީޑިއޯ ބަލާފައިވެއެވެ. އަދި ވީޑިއޯއަށް ކޮމެންޓްކޮށްފައިހުރި ފަރާތްތަކުން ފާޚާނާގެ ރީތީކަން ފެނި ހައިރާންކަން ފާޅުކޮށްފައިވެއެވެ.

މިއީ ތައިލެންޑްގެ މަޝްހޫރު ވައިޓް ޓެމްޕަލް ނުވަތަ ވަޓް ރޮގް ކުންގައި ހަދާފައިވާ ފާޚާނާއެކެވެ. މިހާ ފުރިހަމައަށް ޝާހީ ގަނޑުވަރެއްހެން ހުރި ފާޚާނާއެއް ފެނުމުން ހައިރާންވެ، ވީޑިއޯއެއް ނުކޮށް ނުހުރެވުނީކަމަށް ވީޑިއޯ ޙިއްސާކުރިފަރާތުން ކިޔާދީފައިވެއެވެ.

comment ކޮމެންޓް