ވިނަރެސް ޑައުންޕޭމަންޓުގެ 15 ޕަސެންޓާއެކު އެގްރިމަންޓު ހެދޭނެ

ވިނަރެސް ފުލެޓެއްގެ އެތެރެ، -- ސަންފޮޓޯ/ ނާއިލް ހުސައިން

ވިނަރެސް ފްލެޓުތަކުގެ ޑައުންޕޭމަންޓުގެ 15 ޕަސެންޓު ދެއްކުމުން އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް އާބަންކޯ އިން ބުނެފިއެވެ.

އާބަންކޯއިން މިއަދު ބުނީ، އެގްރިމަންޓު ހެދުމަށްފަހު، ތިން ދުވަސް ތެރޭ ޑައުންޕޭމަންޓު އެއްކޮށް ދައްކާ ނިމުމުން ޔުނިޓުގެ ތަޅުދަނޑު ހަވާލުކުރާނެ ކަމަށެވެ. އަދި އެއާއެކު، އެއްބަސްވުމުގައި ހިމެނޭ ކަންތައްތަކަށް އަމަލުކުރަން ފަށާނެ ކަމަށެވެ.

މިދިޔަ މަހުގެ 21ވަނަ ދުވަހު ސަރުކާރުން ވަނީ ގުޅީފަޅު، ސީލައިފް އަދި ހިޔާ ކެޓަގަރީން ފްލެޓު ލިބުނު މީހުންނާ ރަމްޒީގޮތުން ތަޅުދަނޑި ހަވާލުކޮށްފައެވެ.

އެ މަޝްރޫއުގެ ދަށުން އިމާރާތް ކުރި 10 ޓަވަރުގައި ޖުމްލަ 1344 ޔުނިޓު ހިމެނެއެވެ. އެ މަޝްރޫއުގައި ފްލެޓު ދީފައިވަނީ މާލޭ ރައްޔިތުންގެ އިތުރުން، މާލޭގައި އުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށެވެ.

comment ކޮމެންޓް