މައްސަލަތަކެއް ހުރިކަން ފާހަގަވެ، ބޭހަކަށް ސަމާލުވާން އެދެފި

މައްސަލަތަކެއް ހުރިކަން ފާހަގަވި ބޭސް -- ފޮޓޯ/ ހެލްތް މިނިސްޓްރީ

މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާ، "ޑެފިޓެލިއޯ" ގެ ބެޗްތަކެއް ތުރުކިޔޭ އަދި އިންޑިއާގައި ދައުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮރޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެފްޑީއޭ އިން ބުނީ މި ބޭހުގެ ބެޗްތަކެއް މީގެ ކުރިންވެސް ޔޫއޭއީއާ ކިރްގިސްތާނުން ފެނިގެން އެކަން ޑަބްލިއުއެޗްއޯ އިން ގައުމުތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

އެ އޮތޯރިޓީން ބުނީ މިބޭހަކީ ރާއްޖެއަށް އިމްޕޯޓު ކުރުމާއި ވިއްކުމުގެ ހުއްދަ ދީފައިވާ ބޭހުގެ ތެރޭގައި ހިމެނޭ ބޭހެއް ނޫންކަމަށެވެ. ނަމަވެސް ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރާ ފަރާތްތަކުންނާއި ރާއްޖެއަށް އެތެރެކޮށް ބޭނުންކުރާ ނަމަ ވެސް އެ ބޭހާ މެދު ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ރާއްޖެއަށް އެެތެރެކުރާ ބޭސްތައް ވަރަށް ޚާއްސަ ސަމާލުކަމެއް ދީގެން ޕޯޓްތަކުގައި ބަލައި ފާސް ކުރަމުންދާނެ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުނެފައިވެއެވެ.

comment ކޮމެންޓް