ޑެޕިއުޓީ މިނިސްޓަރު ޒާމިރް އިސްތިއުފާ ދެއްވައިފި

އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ ހުސައިން ޒަމީރު --

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޒާމިރު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އިސްތިއުފާގެ ސިޓީ މިއަދު ޒާމިރް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅުއްވައިފައެވެ.

އަދި ސަރުކާރުގައި ޚިދުމަތްކުރުމަށް އޭނާއަށް ދެއްވި ފުރުސަތަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް އޭނާ ޝުކުރު އަދައިކުރެއްވިއެވެ.

މި ކަމާ ގުޅިގެން އޭނާގެ ބަހެއް ހޯދައިލުމަށް "ސަން"އިން ގުޅައިލުމުން ޖަވާބެއް ލިބިފައެއް ނުވެއެވެ.

އޭނާ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވަމުން ގެންދެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.

ޒަމީރު ސަރުކާރުގައި އަދާކުރައްވަމުން ގެންދެވި މަގާމުން އިސްތިއުފާ ދެއްވިއިރު މިދިޔަ ހޮނިހިރު ދުވަހު އޮތް އިންތިޚާބުގައި ރައީސަށް އިދިކޮޅު ކެންޑީޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރި ހޯއްދެވިފަައެއް ނުވެއެވެ.

މީގެ އިތުރުން ޒަމީރު ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަށް ވެސް މާ ބޮޑު ކާމިޔާބެއް ލިބިވަޑައިގެންފައެއް ނުވެއެވެ.

ބެލެވޭ ގޮތުގައި ޒަމީރު އިސްތިއުފާ ދެއްވީ އިންތިޚާބުގެ ނަތީޖާތައް ނިކުތް ގޮތަށް ބެެއްލެވުމަށްފަހުގައެވެ.

comment ކޮމެންޓް