ސްނެޕްޗެޓްއަށް ރައްކާތެރިކަމުގެ އިތުރު ފިޗާތައް ތައާރަފު ކުރަނީ

ސްނެޕްޗެޓްއަކީ ފުރާވަރު އުމުރުގެ ކުދިންނަށް ރައްކާތެރި އެޕެއްކަން ކަށަވަރު ކުރުމަށް ޓަކައި އިން-އެޕް އިންޒާރާއެކު އެހެނިހެން ސަލާމަތީ ފީޗާތައް ތައާރަފުކުރަން ނިންމައިފިއެވެ.

ޒުވާނުންގެ މެދުގައި އެންމެ މަގުބޫލް އެއް އެޕް ކަމަށްވާ ސްނެޕްއިން ބުނީ އޮންލައިން ނުރައްކާތަކުން 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް އިތުރު ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިން-އެޕް އިންޒާރުތަކާއި އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ތައާރަފު ކުރާނެ ކަމަށެވެ.

މި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ އެޕްގައި މުއާމަލާތް ކުރުމާއި ސާޗް ކުރުން އިތުރަށް ރައްކާތެރިވެ، ފުރާވަރު އުމުރުގެ ކުދިންނަށް ފެންނަނީ އުމުރާ ގުޅޭ ކޮންޓެންޓްކަން ކަށަވަރު ކުރެވޭނެއެވެ.

މީގެ އިތުރުން އޮންލައިން ނުރައްކާތަކާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާއެކު ނުރަނގަޅު އެކައުންޓްތަކަށް ޚާއްޞަ އާ ސްޓްރައިކް ސިސްޓަމެއް ވެސް ތައާރަފު ކުރާނެ ކަމަށް ސްނެޕްއިން ބުންޏެވެ.

ސްޓެޓިސްޓާ އިން ބުނި ގޮތުގައި ސްނެޕްޗެޓް ބޭނުންކުރާ މީހުންގެ އަދަދު އެންމެ ގިނައީ އިންޑިއާގައި ކަމަށާއި އެ ގައުމުގައި އެ އެޕް އެންމެ ގިނައިން ބޭނުންކުރަނީ 1996ގެ ފަހުން އުފަންވި އާބާދީ ކަމަށެވެ.

އިން-އެޕް އިންޒާރުގެ ފީޗާގެ ސަބަބުން ފުރާވަރު އުމުރުގެ ކުއްޖަކަށް ޕޮޕް-އަޕް އިންޒާރެއް ފޮނުވަނީ މިއުޗުއަލް ކޮންޓެކްޓްސް ހިއްސާ ނުކުރާ ނަމަ ނުވަތަ ކޮންޓެކްޓް ލިސްޓުގައި އެ މީހަކު ނެތް ހާލަތެއްގައި 'ފްރެންޑް'އެއްގެ ގޮތުގައި ހިމަނަން މަސައްކަތް ކޮށްފިނަމައެވެ. އެނޫން ހާލަތެއްގައި އެއްވެސް ވަރަކަށް މިއުޗުއަލް މައުލޫމާތެއް ނުވަތަ ޕޮޕްއަޕެއްވެސް ނާންނާނެއެވެ.

މީގެ އިތުރުން ސްނެޕްއިން ޔަންގް ލީޑާސް ފޯ އެކްޓިވް ސިޓިޒެންޝިޕް (ވައިއެލްއޭސީ) އާ ގުޅިގެން އުފައްދާފައިވާ އިން-އެޕް ކޮންޓެންޓް، ނަފްސާނީ ދުޅަހެޔޮކަމާއި ޒިންމާދާރު، އޮންލައިން ސޭފްޓީ ފަދަ މައުޟޫއުތަކަށް ހައްލު ހޯދުމުގެ މުހިންމު ވަސީލަތްތަކުގެ ގޮތުގައި އިތުރު ފީޗާތަކެއް ތަޢާރަފް ކުރާނެއެވެ.

"އަޅުގަނޑުމެންގެ އެންމެ ފަހުގެ ފީޗާތަކަކީ ވިސްނުންތެރި އިން-އެޕް ފީޗާތަކެއް، މިއީ ކުޑަ ކުދިންނަށް ވިސްނުންތެރިކަމާއެކު އެޕް ބޭނުންކުރުމަށާއި އޮންލައިންކޮށް ރައްކާތެރިކަމާއެކު ތިބުމާ ބެހޭ ގޮތުން ފާޅުގައި ވާހަކަ ދެއްކުމުގެ ބާރު ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ފީޗާތަކެއް،" ސައުތު އޭޝިއާގައި ހުންނަ ސްނެޕްޗެޓްގެ ޕަބްލިކް ޕޮލިސީ ހެޑް އުތާރާ ގަނޭޝް ވިދާޅުވިއެވެ.

ގަނޭޝް އިތުރަށް ވިދާޅުވީ ސްނެޕްޗެޓްއަކީ އުފެއްދުންތެރިވެ ރައްކާތެރިކަމާއެކު ތިބެވޭނެ ތަނަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދެނީ 200 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރާ މި އެޕްގެ ސަލާމަތާއި ރައްކާތެރިކަމަށް، ކަމަށެވެ.

comment ކޮމެންޓް