ވަގު ނޫޓެއް ކަމަށް ބުނެ ދައުރުވަމުންދަނީ ސައްހަ ނޫޓެއް: އެމްއެމްއޭ

ފޭކު ނޫޓުތަކެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯ ---

ވަގު ނޫޓެއް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައި ފެންނަ ނޫޓަކީ ސައްހަ ނޫޓެއް ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.

މަރުކަޒީ ބޭންކުން މިއަދު ބުނީ، އެ ނޫޓު އެމްއެމްއޭ އަށް ގެނެސް ބެލިބެލުމުން އޭގެ ސައްހަކަން ކަށަވަރުވެފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި މިއަދު އާންމުވި ޕޯސްޓުން ދެ ސައިޒެއްގެ ދެ ނޫޓު ފެނެއެވެ. އަދި އޭގެތެރެއިން ކުޑަ ނޫޓަކީ ވަގު ނޫޓެއް ކަމަށާއި، އޭޓީއެމުން އެ ނޫޓު ބަލައި ނުގަންނަ ކަމަށް ވެސް ބުނެފައިވެއެވެ.

އެމްއެމްއޭއިން ބުނީ ވަކި ބެޗުތަކުގެ ނޫޓުތަކުގެ ސައިޒު ތަފާތުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

comment ކޮމެންޓް