އަލިފާނުގެ ހާދިސާ: ފިހާރައާއެކު 15 ސައިކަލު އަނދާ އަޅިއަށް

އަލިފާނުގެ ހާދިސާގައި "ވެގަ ޕޮއިންޓް" ފިހާރައިގެ ހުރިހާ މުދަލަކާއި، ކައިރީ ޕާކުކޮށްފައި ހުރި 15 ސައިކަލު އަނދައިފަ---

މިއަދު ފަތިހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ރަތްވިލާގޯޅީގައި ހުންނަ "ވެގަ ޕޮއިންޓް" ފިހާރައާއެކު، އެ ފިހާރަ ކައިރީގައި ޕާކުކޮށްފައި ހުރި 15 ސައިކަލު އަނދައިފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގެ މައުލޫމާތު އެފްއާރްއެސްއަށް ލިބިފައި ވަނީ ފަތިހު 04:37 ހާއިރުއެވެ. އަދި 06:41 ހާއިރު އަލިފާންގަނޑު ވަނީ އެއްކޮށް ކޮންޓްރޯލްކޮށްފައެވެ.

އެހެންނަމަވެސް އަދި މިހާތަނަށް އެ ސަރަހައްދުގައި އަލިފާން ރޯވާން ދިމާވި ސަބަބު ދެނެގަނެވިފައެއް ނުވެއެވެ.

އަލިފާން ނިއްވުމަށް އެމްއެންޑީއެފުން ހަރަކާތްތެރިވަނީ--- ފޮޓޯ/ އެމްއެންޑީއެފް

މި އަލިފާންގަނޑު ނިއްވާލެވުނު އިރު ފިހާރައިގެ ހުރިހާ މުދަލެއްވަނީ އަނދައި އަޅިއަށްވެފައެވެ. އަދި އަލިފާނުގެ ސަބަބުން ފިހާރަ ކައިރީ ހުރި 15 ސައިކަލު ވެސް އަނދާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި އަލިފާނުގެ ސަބަބުން މީހުން ދިރިއުޅޭ ގެޔަކަށް ގެއްލުން ވެފައި ނުވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވަނީ ބުނެފައެވެ.

އަލިފާނުގެ ހާދިސާގައި "ވެގަ ޕޮއިންޓް" ފިހާރައިގެ ހުރިހާ މުދަލަކާއި، ކައިރީ ޕާކުކޮށްފައި ހުރި 15 ސައިކަލު އަނދައިފަ---

އެންޑީއެމްއޭއިން މިއަދު 'ސަން'އަށް ބުނީ ރޯވި ތަނާ އިންވެެގެން ހުރީ ގުދަނެއް ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުން ރައްކާތެރި ތަންތަނަށް ގެންދިޔަ މީހުން އަނބުރާ ގެއަށް ފޮނުވާފައިވާ ކަމަށާއި ވަގުތީ ބޯހިޔާވަހިކަމެއް ބޭނުންވާ އެއްވެސް ފަރާތެއް ނެތް ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.

comment ކޮމެންޓް