އައިއޯއައިޖީގައި ރާއްޖެ ހޯދި ކާމިޔާބީ ފާހަގަކުރަން މިރޭ ހަވާ އަރުވަނީ

އޯގަސްޓު 1، 2015: މިނިވަން 50 ގެ އުފަލުގައި ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވުނު ކުޅިވަރުތަކައްފަހު ރާޅުގަނޑު ސަރަހައްދުގައި ކުރިއައްދިޔަ ހަވާއެުރުވުމުގެ ތެރެއިން-- ސަން ފޮޓޯ

އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް 2023 (އައިއޯއައިޖީ) ގައި ދިވެހިރާއްޖެއިން ހޯދި ކާމިޔާބީ ފާހަގަކުރަން މިރޭ ހަވާ އަރުވަން ނިންމައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ މިރޭ 21:00 ގައި އިއްޒުއްދީން ފާލަން ސަރަހައްދުގައި ހަވާއެރުވުން އޮންނާނެ ކަމަށެވެ. އަދި، ހަވާ އެރުވުން ކުރިއަށް ދާނީ ގާތްގަނޑަކަށް 10 މިނެޓަށް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އައިއޯއައިޖީގައި ރާއްޖެއިން ވާދަކޮށް ވަނީ މިހާތަނަށް ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ.

އެގޮތުން އަންހެނުންގެ ބެޑްމިންޓަން ޑަބަލްސް އިވެންޓުގެ ފައިނަލުގައި ވާދަކޮށް، ވަނީ ރަން މެޑަލް ހޯދާފައެވެ. އަދި ބެޑްމިންޓަންގައި ޑަބަލްސް އިވެންޓުން ހޯދި މެޑަލްގެ އިތުރުން އަންހެން އަދި ފިރިހެނުންގެ ސިންގަލްސް އިވެންޓާއި މިކްސް ޑަބަލްސް އިވެންޓް ހިމެނެއެވެ.

ފިރިހެނުން ސިންގަލްސްގައި އަހުމަދު ނިބާލް ލޯ މެޑަލް ހޯދި އިރު، ޒަޔާން ހުސައިން ޒަކީ އާއި ނަބާ ވަނީ މިކްސް ޑަބަލްސް އިވެންޓުން ލޯ މެޑަލްއެއް ހޯދައިފައެވެ. އަދި އަންހެނުންގެ ސިންގަލްސްގައި ނަބާ ވަނީ ރިހި މެޑަލް ހޯދައިފައެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި އައިއޯއައިޖީއެކޭ އެއްގޮތަށް މި ފަހަރުގެ ގޭމްސްގައި ވެސް ރާއްޖެއަށް އެންމެ ގިނަ މެޑަލް ހޯދައިދީފައިވަނީ ޓޭބަލް ޓޭނިސް އިންނެވެ.

މި ފަހަރުގެ އައިއޯއައިޖީގައި ރާއްޖެއިން ވަނީ 27 މެޑަލް ހޯދައިފައެވެ.

comment ކޮމެންޓް