ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނާއި، މުވައްޒަފުންނަށް ހާއްސަކޮށްގެން ފޮތް ލިޔުމުގެ ގްރާންޓް ހުޅުވާލައި، އެކަމަށް އެދުމަށް ހުޅުވާލައިފިއެވެ.
އެ ޔުނިވާސިޓީން މިއަދު ބުނީ ޔުނިވާސިޓީގެ ކޮންމެ މުވައްޒަފަކަށް ވެސް އެމީހަކު ލިޔުމަށް ބޭނުންވާ ފޮތަކަށް ފައިސާގެ އެހީ ހޯދުމަށް އެދެވިދާނެ ކަމަށެވެ.
އެ ގްރާންޓު ދޫކުރާނީ ހުށަހަޅާ ޕްރޮޕޯޒަލްތައް ބުކް ގްރާންޓްސް ކޮމިޓީން، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ބިނާކޮށް، ފެންވަރު ވަޒަން ކުރުމަށްފަހު ހޮވޭ ޕްރޮޖެކްޓްތަކަށް ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.
އެގޮތުން، ތިން މިންވަރެއްގެ ގްރާންޓު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ؛
- ކުޑަމިންވަރު: 10،000 ރުފިޔާ
- މެދުމިންވަރު: 10،000 - 50،000 ރުފިޔާ
- މަތީމިންވަރު:50،000 - 100،000 ރުފިޔާ
ބުކް ގްރާންޓުތަކަށް އެދެން ބޭނުންވާ މުވައްޒަފުންނާއި، ދަރިވަރުންނަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 15ވަނަ ދުވަހެވެ.
އެ ގްރާންޓާ ބެހޭ އިތުރު މައުލޫމާތު 3345423 ނަންބަރުން ނުވަތަ [email protected] އީމެއިލް އިން ލިބޭނެއެވެ.