ފާރިސް އާއި ރައީސް ޔާމީން ބައްދަލުކުރި ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް: ޕީޕީއެމް

ރައީސް ޔާމީން ޖަލަށް ގެންދިއުމަށް ލޯންޗަށް އަރުވަނީ --

އަމިއްލަގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އަހްމަދު ފާރިސް މައުމޫނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައްދަލުކުރެއްވި ކަމަށް ބުނެ ފަތުރާ ވާހަކަ ޕީޕީއެމް އިން ދޮގުކޮށްފިއެވެ.

ފާރިސް މާފުށީ ޖަލަށް ވަޑައިގެން ރައީސް ޔާމީނާ ބައްދަލުކުރެއްވި ކަމަށް ބުނެ، ބައެއް ނޫސްތަކުގައި ޚަބަރު ޝާއިއު ކުރީ އިއްޔެގެ ވަގުތެއްގައެވެ.

މިވާހަކަތަކާ ގުޅިގެން ޕީޕީއެމުން ބުނީ ރައީސް ޔާމީނާ އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ފާރިސާ ދެބޭފުޅުން ބައްދަލުކުރެއްވި ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފަތުރަމުން ގެންދަނީ ދޮގު ޚަބަރެއް ކަމަށާއި އަދި އެއީ ޕާޓީގެ މެންބަރުން ބައި ބައި ކުރުމަށް ހިންގާ ޖަރީމާއެއް ކަމަށެވެ.

ޕީޕީއެމުން ބުނީ އެއީ އެ ކޯލިޝަންގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒަށް ރައީސް ޔާމީންގެ ތާއީދު އޮތުމުން އެކަން ހަޖަމު ނުވެގެން އެ ކޯލިޝަންގެ މެންބަރުން ބައިބައިކޮށް ފިތުނަ އުފެއްދުމުގެ ބޭނުމުގައި ބަޔަކު ފަތުރަމުން ގެންދާ ދޮގު ޚަބަރެއް ކަމަށެވެ.

އަދި އެޚަބަރު ފެތުރުމުގެ އަޑީގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ބައިވެރިން ހިމެނޭކަމުގައި ދެކުމުގެ ފުރުސަތުވެސް އެބައޮތް ކަމަށް ވެސް ޕީޕީއެމުން ތުހުމަތު ކުރެއެވެ.

ޕީޕީއެމުން ވަނީ އެފަދަ ފިތުނައިގައި ދިވެހި ރައްޔިތުން ނުޖެހި، ޑރ. މުއިއްޒު އާއެކު ސާބިތުވެތިބުމަށް އެދިފައެވެ.

comment ކޮމެންޓް