އެމްޑީޕީން ވައުދުވަނީ މާލޭ ބާޒާރުމަތި ހުސްކޮށް، ކްރޫޒް ޓާމިނަލަކަށް ހަދަން

29 އޭޕްރީލް 2022، މާލޭ ބާޒާރުމަތި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މާލޭގެ އުތުރުފަރާތު ބާޒާރުމަތީ ސަރަހައްދު އެއްކޮށް ހުސްކޮށް، ކްރޫޒް ލައިނާތައް ބަނދަރުކުރާ ޓާމިނަލަކަށް ހެދުމަށް އެމްޑީޕީން ވައުދުވެއްޖެއެވެ.

މިރޭ ކާނިވާ ސަރަހައްދުގައި އޮތް އެ ޕާޓީގެ "އުފާވެރި މާލެ" ޖަލްސާގައި ވަނީ އެ ޕާޓީގެ ފަރާތުން މާލެއަށް ކަނޑައަޅާފައިވާ ވައުދުތައް ހާމަކޮށްފައެވެ.

އެގޮތުން މާލޭގެ ތޮއްޖެއްސުން ކުޑަކުރުމަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި، މާލޭގައި އެންމެ ކާރޫބާރޫބޮޑު، ބާޒާރުމަތި އެއްކޮށް ހުސްކުރުން ހިމެނެއެވެ.

އެއީ، މިހާރު ވެސް އެކުލަވާލާފައިވާ ޕްލޭނުގެ ދަށުން ގުޅީފަޅަށް ވިޔަފާރި ބަނދަރާއި، ގުދަންކުރުން ބަދަލުކޮށްގެންނެވެ. އެއާއެކު، މާލޭގެ އުތުރުގައި ކްރޫޒް ޓާމިނަލެއް ހެދުމަށް މެނިފެސްޓޯގައި ހިމަނާފައިވެއެވެ.

އޭގެ އިތުރުން މޯލްތަކާއި، ސިނަމާ އަދި ޕާކު ތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ އެކި ވަސީލަތްތައް އެތަނުގައި ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

މީގެ އިތުރުން އެ މެނިފެސްޓޯގައި ހިމެނޭ ބައެއް ކަންކަމުގެ ތެރޭގައި؛

  • މާލޭގެ މަގުތަކުގައި ޕާކުކުރުން މަނާކޮށް، ނެއިބަހޫޑް ޕާކިން ބިލްޑިންތައް ތައާރަފުކުރުން
  • ތިލަމާލެ ބުރިޖު ގިރާވަރު ފަޅާ ހިސާބަށް ދަމާލުން
  • ސިނަމާލެ ބުރިޖު ފުޅާކުރުން
  • ސަފާރީތަކަށް ހާއްސަ މެރީނާއެއް ދިޔަނެރު ފަޅުގައި ގާއިމުކުރުން
  • ކޮމިއުނިޓީ ސްޕޯޓްސް ސެންޓަރުތަކާއި، ޕާކުތައް އެކި ސަރަހައްދުތަކުގައި ގާއިމުކުރުން
comment ކޮމެންޓް