މުއިއްޒުގެ ވެރިކަމެއްގައި ރޯދަ މަހު ފަހު ދިހައެއްގައި ސަރުކާރު ބަންދު

އޭދަފުށީގައި ބޭއްވި ޖަލްސާގައި މުއިއްޒު ވާހަކަދައްކަވަނީ --- ފޮޓޯ/ ޕީޕީއެމް

ރަމަޟާން މަހުގެ ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައަޅުއްވާނެކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ ބ. އޭދަފުށީގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ދިވެހީންނަކީ އިސްލާމުންނަށް ވާތީ މި ގައުމުގެ ހުރިހާ ކަމެއް ވެސް ބިނާވާން ޖެހޭނީ ދީނުގެ މައްޗަށް ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅަން ވާނީ ވެސް ދީނީ އަޅުކަންތައް ކުރުމަށް މަގުފަހިވާ ގޮތަށް ކަމަށެވެ.

އެ ގޮތުން، އޭނާގެ ވެރިކަމެއްގައި ރަމަޟާންމަހުގެ ފަހު ދިހަ އެކީގައި ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެ ކަމުގެ ސަބަބުން، ރޭ އަޅުކަން ކުރުމަށް ފަސޭހަވެ، އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ކަން ކުރުމަށް ވެސް ފަސޭހަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ތަފްސީލް ދެއްވަމުން މުއިއްޒު ވިދާޅުވީ ރޯދަމަހު ފަހު ދިހައިގައި ގްރޭޑް އަށަކުން ދަށުގެ ކުދިންނަށް ސްކޫލް ވެސް ބަންދުވާނެ ކަމަށެވެ.

comment ކޮމެންޓް