މުއްޔާއި ނާލާފުށި ގުޅާލާ ކޯޒްވޭ ހަދަން، 125 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

މުއްޔާއި ނާލާފުށި ކޯޒްވޭ އަކުން ގުޅާލާ އެއްބަސްވުމުގައި ދެ ފަރާތުން ސޮއި ކުރަނީ -- ފޮޓޯ/ މިނިސްޓްރީ

މ. މުއްޔާއި ނާލާފުށި، ކޯޒްވޭ އަކުން ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އެ މިނިސްޓްރީގެ ފަަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤުއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 125.58 މިލިއަން ރުފިޔާއަށް 600 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުނ،ް 9825 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ވަގުތީ އެކްސަސް ބެޑްގެ ބިން ހިއްކުމާއ،ި 8496 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އެޕްރޯޗް މަގުގެ ބިން ހިއްކުމާއ،ި 16,879 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ރީޓެއިނިންގ ވޯލް ބެކްފިލްގެ ބިން ހިއްކާނެއެވެ.

މީގެ އިތުރުން 112 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއ،ި 15 މީޓަރުގެ ގްރޮއިން ޖެހުމާއ،ި 340 މީޓަރުގެ ކޯޒްވޭއެއް ހެދުމާއ،ި 315 މީޓަރުގެ ބްރިޖެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މުއްޔާއި ނާލާފުށި ކޯޒްވޭ އަކުން ގުޅާލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދެކެވެ.

ރިޔާސީ ކެންޕޭނަށް މިދިޔަ މަހުގެ 15 ވަނަ ދުވަހު މުއްޔަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަފުޅުގައި ވެސް ރައީސްގެ އެ ވައުދު އައު ކުރައްވާފައިވެއެވެ.

comment ކޮމެންޓް