ޓީއެފްޖީން އިންތިޒާމު ކޮށްގެން ބާއްވާ "ބޮޑުފަހެއް" ދުވުން މާދަމާ ފަށަނީ

ބޮޑުފަހެއް ---

ޓީއެފްޖީން އިންތިޒާމު ކޮށްގެން ބާއްވާ "ސޮނީ ސްޕޯޓްސް ބޮޑުފަހެއް ދުވުން" މާދަމާ ހުޅުމާލޭގައި ބާއްވާނެއެވެ.

މި ރޭސް ފެށޭނީ ފަތިހު 05:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުންނެވެ. ރޭހުގައި އެންމެ ފުރަތަމަ އޮންނާނީ ހާފް މެރެތަންއެވެ. އެއަށްފަހު ހެނދުނު 07:40 ގައި 10 ކިލޯމީޓަރުގެ ދުވުމަށް ފަހު، އެންމެ ފަހުން އޮންނަ 5 ކިލޯމީޓަރުގެ ދުވުން ފަށާނީ ހެނދުނު 09:10 ގައެވެ.

މި ރޭހުގެ އެއިޑް ސްޓޭޝަންތަކުގައި ސްޕޯޓްސް ބުއިންތަކާއި، ފެން އަދި ދޮންކޭލުގެ އިތުރުން ފަސްޓް އެއިޑް ވެސް ލިބެން ހުންނާނެއެވެ.

ބޮޑު ފަހެއްގެ އެންމެ ބޮޑު މަގުސަދަކީ ރޭހުގައި ބައިވެރިވާ ބައިވެރިންނަށް އެ ތަޖުރިބާ އުފާވެރި ތަޖުރިބާ އަކަށް ހެދުން ކަމަށް އެ ކުންފުނިން ބުނެއެވެ.

2022 ވަނަ އަހަރު ޓީއެފްޖީން އިންތިޒާމު ކޮށްގެން ބޭއްވި ލޯންގް ރަން-- ސަން ފޮޓޯ

ސޮނީ ސްޕޯޓްސް ބޮޑު ފަހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ 60 ޖާގައާ ހަމައަށެވެ. މި ރޭހުގައި އާންމުކޮށް ދުވާ ދުވުންތެރިންނަށްވެސް އަދި އަލަށް ދުވާ ދުވުންތެރިންނަށް ވެސް ބައިވެރިވެއެވެ.

ޓީއެފްޖީން އިންތިޒާމު ކުރާ 'ބޮޑު ފަހެއް' ދުވުން މާދަމާ ފަށާއިރު، 'ލޯންގް ރަން' ބޭއްވުމަށް ތާވަލު ކޮށްފައި އޮތީ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާ އަށެވެ.

comment ކޮމެންޓް